އަހަރުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ކެއުމަށްފަހު ވެސް މާ ގިނަ ވަގުތު ކަމެއް ނުކޮށް ހުރެވޭކަށް ނުހުރެވެ އެވެ. ހަމަ ކެއުމާއެކު އެހެން ކަމަކައިގެން މަސްއޫލުވެވެ އެވެ. ނަމަވެސް ބައެއް ކަންކަމަކީ ކެއުމަށްފަހު އިރުކޮޅެއް ވުމުން ނޫނީ ކުރުން ރަނގަޅު ކަންކަމެއް ނޫނެވެ. މި ލިޔުމުގައި މި ބަލާލަނީ އެފަދަ ބައެއް ކަންކަމަށެވެ.

ނިދުން

ކައި ނިމުމާއިއެކު ނިދުމަކީ ނުވަތަ "ނެޕް" އެއް ނެގުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ކަށީގައި ހިފާފައިވާ ވަރަށް ނުރަނގަޅު އާދަ އެކެވެ. މިކަމުގެ ސަބަބުން ފަލަބަލީގެ ޝިކާރައަކަށް މީހާ ވުމުގެ ފުރުސަތު ބޮޑުވެ އެވެ. މީގެ އިތުރުން ވައިގެ އުނދަގުލާއި ސްޓްރޯކު ޖެހުމާއި ހިތުގެ މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަންކަމެވެ. އެހެންކަމުން ކެއުމަށްފަހު ދެ ގަޑިއިރުވުމުގެ ކުރިން ނުނިދުމަށް ސަމާލުކަން ދޭށެވެ.

ސައި ބުއިން

ކެއުމާއި ވިދިގެން ނުވަތަ ކާ ގަޑީގައި ސައި ބުއިމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. ނަމަވެސް މިއީ ރަނގަޅު އާދައެއް ނޫނެވެ. ސައިގައި ހިމެނޭ ނިކޮޓިންގެ ސަބަބުން ކާ އެއްޗެހީގައި ހިމެނޭ ޕްރޮޓީންގެ ބައި ދަމައިގަނެއެވެ. މިހެން ވުމުގެ ސަބަބުން، ހަށިގަނޑުގައި އެކުލެވޭ ރެޑް ބްލަޑް ސެލްގެ މިންވަރު ދަށްވެ އެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުން

ސިނގިރޭޓު ބުއިމާއި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ކޮންމެ ވަގުތަކު ކުރިނަމަވެސް ސިއްޙަތަށް ނުހަނު ގެއްލުންހުރި ކަމެކެވެ. ނަމަވެސް ސައި ނުވަތަ ކޮފީ ބޯ ގަޑީގައާއި ބޮއި ނިމިގެން، އަދި ކައި ނިމިގެން ސިނގިރޭޓު ބުއިމަކީ އޭގެ ގެއްލުން އެތައް ގުނައެއް ބޮޑުވެގެންދާ ކަމެކެވެ. މިދެނެނެވި ވަގުތުތަކުގައި އެއް ސިނގިރޭޓް ބުއިމުން، 10 ސިނގިރެޓުން ލިބޭވަރަށް ގެއްލުން ލިއްބައިދެ އެވެ.

ފެންވެރުން

ކައި ނިމޭ ވަގުތު ފެންވެރުމަކީވެސް ހަށިގަނޑަށް އޭގެ ގެއްލުން އޮތް ކަމެކެވެ. ކައި ނިމިގެން ފެންވެރުމުން ހށިގަނޑުގެ ފިނިހޫނުމިން ބަދަލުވެ އެވެ. މިކަމުގެ ސަބަބުން ކާއެއްޗެތި ހަޖަމުވުމުގައި މައްސަލަ ދިމާވެ އެވެ.