ރާއްޖޭގައި ކޮވިޑް ޖެހިގެން 38 ވަނަ މީހަކު މަރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެމީހާ އަކީ ކަނޑިންމާ ރިސޯޓުން ހާލު ދެރަވެގެން ދ. ކުޑަހުވަދުއަށް ގެންދިޔަ މީހެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ ވަޅުލި ފަހުންނެވެ. އެއީ ކޮވިޑް މަރެއްގެ ގޮތުގައި އެޗްޕީއޭ އިން މިހާރު ވަނީ ކަނޑައަޅާފަ އެވެ.
އޭނާ މަރުވީ ދ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރޭ 9:30 ހާއިރުއެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 38 ވަނަ މީހާ އެވެ.
އެމީހާ ވަޅުލުމުގައި ހަރަކާތްތެރިވި މީހުން ތިބީ ރައްކާތެރި ކަމުގެ ހެދުން އަޅައިގެންނެވެ.
އޭނާ ކުޑަވުދުއަށް ގެންދިޔައީ ބަލިވެގެން އުޅޭތާ ތިން ދުވަސްފަހުން ކަމަށާއި އެއިރުވެސް ކޮވިޑްގެ އަލާމާތްތައް ފެންނަމުން ދިޔަ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
އެމްޕީއެލްގެ މުވައްޒަފަކު ދެ ބޯޓު ދޭތެރެއަށް ވެއްޓި މަރުވެއްޖެ
16 ނޮމިނޭޝަންއާއެކު "ސިނާސް،އަށް އޮސްކާގެ ރެކޯޑެއް!
ރިޝްވަތުގެ ފަސް ދައުވާއިން މައުމޫން ސަލާމަތްވެއްޖެ
