ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑަށް ހާއްސަކޮށް ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަން އަކީ ބީއެމްއެލް އިން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަަރުން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން ކުރިޔަށްދާ ޕްރޮމޯޝަންއެކެވެ. މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުގެ އިތުރުން މަރޗަންޓަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ލިބޭ އިނާމުތައް:

  • ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯ އެއް ލިބޭނެ.
  • ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ މަރޗަންޓް (ގުރުއަތުން ހޮވުނު ކަސްޓަމަރު ވިޔަފާރިކުރި ފަރާތް) އަށް 25،000 ރުފިޔާ ލިބޭނެ.
  • މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ގެ ގޮތުގައި ކަސްޓަމަރާއި މާޗަންޓަށް 50،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ ޖަނަވަރީ 8 ގެ ނިޔަލަށެވެ. އަދި ޕްރޮމޯޝަންއާ ގުޅޭ އާންމު ޝަރުތުތައް ބޭންކުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވެ އެވެ.

އެ ބޭންކުން 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށާއި 7،000 އަށް ވުރެ ގިނަ މާޗެންޓުންނާއެކު ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން އެ ބޭންކްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ އެކްސްކްލޫސިވް މެންބަރު ވެސްމެ އެވެ.