އިހު ޒަމާނުގެ ބޭސްވެރިކަމަށް ބަލާލާ ނަމަ އިނގުރަކީ ބަނޑުގައި ރިއްސުން ފަދަ އެންމެ އާދައިގެ ކަންތައްތަކުން ފެށިގެން އަތް ނުވަތަ ފައި ބިންދައިގެން ދިޔުން ފަދަ ސީރިއަސް އަނިޔާތައް ލިބުމުން ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރި މުހިއްމު ކާނާ އެކެވެ.
ފަހަކަށް އައިސް އިނގުރު ވެގެން ގޮސްފައި ވަނީ ބަނޑާއި، ފައިގެ ފަލަމަސްގަނޑުގައިވާ ސަރުބީ ވިރުވުމަށް އާއްމުންގެ ތެރޭގައި ތަފާތު ގޮތްގޮތަށް ބޭނުން ކުރާ ކާނާ އަކަށެވެ. އެގޮތުން އިނގުރު ފެނަކީ ސަރުބީ ވިރުވުމަށް އިނގުރު ބޭނުންކުރާ އެއްގޮތެވެ. އިނގުރު ފެން ބުއިމުން ސަރުބީ ވިރުވައި ދެނީ އޭގެ ސަބަބުން ހަށިގަނޑުގައިވާ ވިހަ މާއްދާތައް ބޭރުކޮށްލަން ފަސޭހަވެގެން ދާތީ އެވެ. ދުވާލަކު ދެފަހަރަށް އިނގުރު ފެން ބުއިމަކީ ހަފްތާއެއްގެ ތެރޭގައި އޭގެ ނަތީޖާ ފެނިގެންދާނެ ކަމެކެވެ. އިނގުރު ފެން ތައްޔާރު ކުރަން
ބޭނުންވާ ތަކެތި
- 2 ޖޯޑު ފެން
- 50 ގްރާމް ކުދިކޮށް ކޮށާފައިވާ އިނގުރު
ތައްޔާރު ކުރާނެ ގޮތް
ދެ ޖޯޑު ފެން ކައްކާލުމަށް ފަހު އޭގެ ތެރެއަށް އިނގިރު އަޅާލާށެވެ. ދެން އިނގުރު އަޅާފައި އަނެއްކާ ވެސް ފެން ކައްކާލާށެވެ. އޭގެ ފަހުން އުނދުން މަތިން ބޭލުމަށް ފަހު ފެން ހިހޫވުމުން އިނގުރު ފުރާނާލައިގެން، ފެން ބޯލާށެވެ.
އިނގުރު ފެން މަގުބޫލުވާ އަނެއް ސަބަބަކީ އޭގެ ސަބަބުން ބަރުދަން ލުއިވުމުގެ އިތުރުން އެތައް ފައިދާތަކެއް ލިބޭތީ އެވެ. އިތުރު ފައިދާތަކުގެ ތެރޭގައި:
ހުޅުހުޅުގައި ރިއްސުމާއި ދުޅަވުމުން ސަލާމަތްކޮށްދޭ
އިނގުރަކީ ދުޅަވުމުން ސަލާމަތްކޮށްދޭ މާއްދާތައް އެކުލެވިގެންވާ ކާނާއެއް ކަމުން ދުޅަވެފައިވާ ހުޅުތަކުގައި ރިއްސަމުންދާ ނަމަ އިނގުރު ފެން ބުއިމުން ރިހުން ފަސޭހަކޮށްދެ އެވެ. އެހެންކަމުން، އިނގުރުފެނަކީ ރާއްޖެ ބަލި ހުންނަ މީހުންނަށް ވަރަށް ރަނގަޅު ބުއިމެކެވެ.
ހިތާއި ލޭދައުރުވާ ނިޒާމްގެ މަސައްކަތް ފަސޭހަކޮށްދޭ
އިނގުރަކީ ލޭގައި އެކުލެވޭ ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ އެއްޗެއް ކަމުންނާއި އޭގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވުމަށް މަގުފަހިވާތީ އިނގުރު ފެން ބުއިމަކީ ހިތަށާއި ލޭދައުރުވާ ނިޒާމަށް ވެސް ރަނގަޅު ބުއިމެކެވެ.
ހަންގަނޑު ޒުވާންކަންމަތީ ދަމަހައްޓައިދޭ
އިނގުރުގައި ގިނަ އަދަދަކަށް އެކުލެވިގެންވާ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ފްރީ ރެޑިކަލްތަކުގެ ޒަރިއްޔާއިން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދޭ އެވެ.