ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނ. އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އާ އަހަރުގެ ޗުއްޓީ ލަންކާގައި ހޭދަކުރެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފައިވާއިރު މިއަހަރުގެ ފުރަތަމަ ދަތުރުފުޅުގައި ނ. އަތޮޅުގެ ފަސް ރަަށަކަށް މިއަދު އެމަނިކުފާނު ފުރާވަޑައިގަންނަވާނެ އެވެ.
އެގޮތުން ނ. އަތޮޅު މާފަރު، ލަންދޫ، މަނަދޫ، މަގޫދޫ އަދި ހޮޅުދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި އެވެ. އަދި މިދަތުރުފުޅުައި އެމަނިކުފާނު އެރަށްތަކުގެ ކައުންސިލްތަކާއި، އެރަށްތަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ރަށުގެ ރައްޔިތުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ޓޮމްއާއި ޒެންޑާޔާ ކައިވެނި ކުރިކަން އެންމެ ފަހުން ޔަގީން ކޮށްދީފި
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
"ކަނޑުއޮޅިން ދަތުރުކުރާއިރު ފީ ނަގާނީ ދާ ހިދުމަތަށް އެކަނި"