ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ޑްރަގާ ގުޅުވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަށް ހިތްހަމަނުޖެހުން ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ފާޅުކުރައްވައިފި އެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭން އިފްތިތާހު ކުރުމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން ވޯޓު ދޭން ވާނީ މަސްތުވާތަކެއްޗާއި، ވަގު ވިޔަފާރި އާއި، މަނީ ލޯންޑާ ކުރުމާއި، ބަޣާވާތް ކުރުމާ ދެކޮޅަށް ކަމަށާއި، އެފަދަ ބަޔަކާ އެއްކޮޅަށް ވޯޓު ދީގެން ނުވާނެ ކަމަށެވެ.
އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރާ ޑްރަގް އަތުލައިގަތުމުގައި އިންޑިއާއިން އެހީތެރިވާތީ، އެކަމާ ދެކޮޅަށް ހިންގާ ކެމްޕޭނެއް ކަމަށް ސަރުކާރުން މީގެ ކުރިންވެސް ވަނީ ތުހުމަތު ކޮށްފަ އެވެ.
މިކަމާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން މަރާލުމުގެ މައްސަލަ ރައީސް ޔާމީންގެ އިސްތަށިފުޅުގައި އެޅުވި ކަމަށެވެ.
އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަންތަކުން އެ މައްސަލަ ބެލުމަށް ފަހު، ރައީސް ޔާމީނާއި ޕީޕީއެމްގެ ލީޑާޝިޕަށް އެޅުވި އެ ތުހުމަތުތަކުން ސަލާމަތްވުމުން މިހާރު މަސްތުވާތަކެއްޗާއި އެމަނިކުފާނާއި ގުޅުވަނީ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.
ސިޔާސީ ކާމިޔާބީއަކީ ނުހައްގު ބަދުނާމު އަޅުވައިގެން އަނެކާގެ ޝަޚްސިއްޔަތު ކަތިލުން ކަމުގައި ވަނީނަމަ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ތަހުޒީބުވެ ފައްކާ ވާނީ ކޮން ދުވަހަކުން ހެއްޔެވެ؟ ހެދި ބޮޑުވަމުން އަންނަ ޖީލަށް މި ދެނީ ކޮން ފިލާވަޅުތަކެއް ހެއްޔެވެ؟" ޑރ. ޝަހީމް ސުވާލު ކުރެއްވި އެވެ.
މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ ސިޔާސީ ގޮތުން ކާމިޔާބު ހޯދަން މަސައްކަތް ކުރަން ޖެހޭނީ ތިމާ ކޮށްދިނުމަށް އުއްމީދު ކުރާ ކަންކަން ރައްޔިތުންނަށް ބުނެދީގެން ކަމަށެވެ. އަދި އެ ކާމިޔާބު ހޯދަން ޖެހޭނީ ބިނާކުރަނިވި ގޮތަކަށް ފާޑުކިޔައިގެން ކަމަށާއި، ފަހަރެއްގައި ވެސް ދޮގު އިލްޒާމް އަޅުވައިގެން ނޫން ކަމަށް ޝަހީމް ވިދާޅުވި އެވެ.
ރައީސް އިބުރާހީމް ރައީސް ޔާމީން ބޮލުގާ ޑުރަގުގެ ނަންބޯޑު އެޅުވިއިރު،ރަލަކީ ވެްޔާމީން ދުވަހެއްގާވެސް ސް ހަމަ ޑުރަގު ފަދައިން މަސްތުވާ އެއްޗެއްކަން އެނގި ވަޑައިނުގަނޭބާ،! ރައީސް އިބުރާހީމް ވަނީ ބަނގުރސލުގެ މައްސަލާގާ އަރުވާލާފަ ހުކުމެއް އިއްވާފަ ހުކުމް ތަންފީޒު ކޮށްފާ، ރައީސް ޔާމީން ދުވަހެއްގާވެސް މަސްތުވާތަކެތީގެ ހުކުމެއް އިއްވާފަނެތް، ބަނގު ރަލެކޭ ޑުރަގެކޭ މަސްތުވަންޏާ އެއީ ހަމަ އެކައްޗެއް، މީދެން ގުދޯގުދޯ ގޮވުން ނޫން ކޮން ކަމެއްބާ، އެހެން ގޮތަކަށް ބުނާނަމަ ގަރުނުގެ ބޮޑު ޖޯކް މީ.
ޢެއްވެސް އެއްވެސް އެއްޗެންނޭގޭ ގަޑުބަލާރައީސް ސޯލިހު ރައީސް ޔާމީނާ ވާދަކުރެވޭނެ މީހަކު މިގައުމަކުނެތް އަތްފުނާއަޅާހޯދައިފިން ގަޑުބަލާރައީސްމިފަހަރު މާތްﷲއިރާދަފުޅާއެކު މިގޮޑި ކާމިޔާބުކުރާނީ ރައީސްޔާމީނުގެ ޕާޓީ މައުސޫމުމީހުންގެބޮލުގާ ހަޑި މުޑުދާރު ތުހުމަތުއަޅުވާއިރު ހެއްދެވިފަރާތް ހަދުމަނެތީތަ؟؟މިއީ މިގައުމުގެރައީސްގެ ބަސްމޮށުންހިރިގޮތް ދެންރައްޔަތުމީހާ ކަންތައްހުންނާނީކޮންގޮތަކަންވިސަްނާބަލަ؟