އަމިއްލަ ދިރިއުޅުމާއި މަސައްކަތުގެ މާހައުލުގައި ހިތްވަރުދޭން ރަނގަޅު އަންހެން ރަހުމަތްތެރިން ތިބިއްޔާ މަސައްކަތުގެ ފެންވަރު ރަނގަޅުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ހާވާޑް ބިޒްނަސް ރިވިއުގައި ޝާއިއުކޮށްފައިވާ ދިރާސާގައި އިތުރަށް ބުނެފައިވާގޮތުގައި މިފަދަ އަންހެނުންނަށް ކެރިއަރުގައި ކުރިއަށް ދިއުމުގެ އިތުރަށް ވަޒީފާގެ ކުރިއެރުން ލިބި ލީޑަޝިޕް މަގާމުތަކުގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިވެ އެވެ.
އަންހެނުންނަށް އަންހެނުންގެ ނަސޭހަތާއި އެއްބާރުލުން އަބަދުވެސް ބޭނުންވެ އެވެ. ސަބަބަބެއްގެ ގޮތުގައި ބެލެވެނީ ބައެއް ކަހަލަ މައްސަލަތަކަކީ ހަމައެކަނި އަންހެނުންނަށް ދިމާވާ މައްސަލަތަކެއް ކަމުން ފިރިހެނުންނަށް ވުރެ ބޮޑަށް އެކަންތައް އިހުސާސް ކުރެވެނީ ވެސް އަނުންނަށް ކަމަށްވާތީ އެވެ.
މީގެ އިތުރުން ވަޒީފާގެ މާހައުލުގައި ފިރިހެން މުވައްޒަފުންގެ ފަރާތުން އަންހެން މުވައްޒަފުންނަށް އެކި ކަހަލަ ފުރައްސާރަ ކުރިމަތިވާ ވާހަކަ ވަރަށް ގިނައިން އަޑުއިވެ އެވެ. މިފަދަ ހާލަތެއްގައި ވެސް ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށް އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީ، އެކަމުން ސަލާމަތްވުމަށް ކަންތައް ކުރަންވާ ގޮތް ކިޔައިދެވޭނެ އެވެ.
މިއާއި އެކު ގިނަ މީހުން ގަބޫލުކުރާގޮތުގައި އޮފީހެއްގައި އަންހެން މުވައްޒަފުން ގިނަ ނަމަ އެތަނެއްގެ މަސައްކަތުގެ ފެންވަރާއި ޕްރޮޑަކްޓީވިޓީ އިތުރުވެ އެވެ.