ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އާ ގުޅިގެން ތަރައްގީގެ މަޝްރޫއުތައް އިއުލާނު ކުރަމުން އަންނާތީ ޓްރާންސްޕޭރެންސް މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކޮމަންޑު އާއި އެ ރަށާ އެއްފަޅެއްގައި އޮންނަ މަތި-ކޮމަންޑޫ ބްރިޖަކުން ގުޅައިލުމުގެ މަޝްރޫއު އިއުލާންކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކޮމަންޑުގައި ބޭއްވި އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް، ދައުލަތުގެ ބަޖެޓުގައި މި އަހަރަށް ހިމަނާފައި ނެތް މަޝްރޫއުތަކެއް ފެށުމަށް ނިންމާފައިވާތީ އެކަން ކުށްވެރިކުރައްވާ ޓްރާންސްޕޭރެންސް މޯލްޑިވްސް އިން ބުނީ ކެމްޕޭން ދުވަސްވަރުގައި ނެރެފައިވާ ބަޔާނެއްގައި ބުނީ ކެމްޕެއިން ދުވަސްވަރު ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފަށައި އިއުލާންކޮށް، ޖަލްސާ ބޭއްވުމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ.
ކޮރަޕްޝަންގެ އެފަދަ އަމަލުތަކުގެ ސަބަބުން، އިންތިހާބުގެ ނަޒާހަތްތެރި ކަމާ މެދު ސުވާލު އުފެދި ރައްޔިތުންގެ އިތުބާރު ކުޑަވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
މަތި ކޮމަންޑޫ އާއި ކޮމަންޑޫ ބްރިޖަކުން އުޅާލުމަށް ނިންމާފައިވާ އެސަރަހއްދުގައި ބްރިޖެއް އެޅުމުން ތިމާވެއްޓަށް އަސަރު ފޯރާނެ ވަރުވެސް ބަލާފައިނުވާކަން ޓްރާންސްސްޕޭރޭންސީ މޯލްޑިވްސްއިން ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެހެންވެ، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުމާއި އެފަދަ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން މަނާކުރާ ގާނޫނެއް އެކުލަވާލައި އަންނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކުރިން ފުރިހަމަ އަށް ތަންފީޒުކުރަން ފެށުމަށް ޓްރާންސްޕޭރެންސީން ގޮވައިލި އެވެ.
އެ ޖަމިއްޔާއިން އިތުރަށް ބުނީ ތަރައްގީގެ މަޝްރޫއުތައް ރޭވިގެން އަންނައިރު ރައްޔިތުންގެ ފުރިހަމަ އަދި މައުނަވީ ބައިވެރިވުމާއި މަޝްވަރާގެ މަތިން ހިންގުން މުހިއްމު ކަމަށެވެ.
"އަދި އެފަދަ މަޝްރޫއުތަކަކީ ދިގު ރާސްތާގެ ޕްލޭނެއްގެ ދަށުން ހިންގޭ މަޝްރޫއުތަކެއްކަން ކަށަވަރު ކުރުމުގެ އިތުރުން އެ މަޝްރޫއުތައް ހިންގެނީ އެންމެ ބޭނުން ޖެހިފައިވާ ކަންކަންކަމަށާއި ސަރަހައްދުތަަކަށްކަން ކަށަވަރުކުރުން،" ޓްރާންސްޕޭރެންސީގެ ގޮވާލުންތަކުގައިވެ އެވެ.
އެމްޑީޕީގެ އިތުރުން ކޮމަންޑޫ ދާއިރާއަށް ވާދަކުރަނީ ސަރުކާރާ އިދިކޮޅު ޕާޓީ ޕީޕީއެމް އަދި އެމްއެންޕީން ނެވެ.
އީއައިއޭ ނަހަދާ މަތިކޮމަންޑޫ ހިއްކަނީ ކިއެއްވެތޭ އީއައިއޭ ނަހަދާ މަތިކޮމަންޑޫ ހިއްކަނީ ކިއެއްވެތޭ އީއައިއޭ ނަހަދާ މަތިކޮމަންޑޫ ހިއްކަނީ ކިއެއްވެތޭ އީއައިއޭ ނަހަދާ މަތިކޮމަންޑޫ ހިއްކަނީ ކިއެއްވެތޭ އީއައިއޭ ނަހަދާ މަތިކޮމަންޑޫ ހިއްކަނީ ކިއެއްވެތޭ އީއައިއޭ ނަހަދާ މަތިކޮމަންޑޫ ހިއްކަނީ ކިއެއްވެތޭ އީއައިއޭ ނަހަދާ މަތިކޮމަންޑޫ ހިއްކަނީ ކިއެއްވެތޭ އީއައިއޭ ނަހަދާ މަތިކޮމަންޑޫ ހިއްކަނީ ކިއެއްވެތޭ އީއައިއޭ ނަހަދާ މަތިކޮމަންޑޫ ހިއްކަނީ ކިއެއްވެތޭ އީއައިއޭ ނަހަދާ މަތިކޮމަންޑޫ ހިއްކަނީ ކިއެއްވެތޭ