ކާންޔޭގެ މިހާރުގެ ލޯބިވެރިޔާ ޖޫލިއާ ފޮކްސް، ކާންޔޭގެ ކުރީގެ އަންހެނުން ކިމް ކާޑޭޝިއަންއާ އޭނާގެ އާއިލާއާމެދު ދެކޭގޮތް ހާމަކޮށްފި އެވެ.

ކާންޔޭ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި އަންހެނުން ކިމް ކާޑޭޝިއަން އާ ވަކިވާން ޖެހުނީ، ކިމް އަށް ކާންޔޭ ބޭވަފާތެރިވިކަން ހާމަވުމުންނެވެ. އެ މައްސަލައިގައި ކިމް ވަނީ ކާންޔޭއާ ވަކިވާން ވެސް ފައިލްކޮށްފަ އެވެ.

ކާންޔޭ ދިޔައީ އެދެ މީހުންގެ ގުޅުން ގޯސްކޮށް، ކިމް އަލުން ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް އިނގިރޭސި ނޫސްތަކުން ބުނެ އެވެ.

އެ މަސައްކަތް ގޯސްވެ ކިމް ހާސިލްނުވުމުން ކާންޔޭ ވެސް މިހާރު އައު ލޯބިވެރިއަކު ހޯދާފައިވާއިރު، ކާންޔޭ ލޯބީގެ ގޮތުން ގުޅުނު ޖޫލިއާ ފޮކްސްއަކީ އެމެރިކާގެ ފިލްމީ ފަންނާނެކެވެ.

ފޭނުން ވަނީ މިކަންކަމާ ގުޅޭގޮތުން ޖޫލިއާގެ ބަހެއް ހޯދުމަށް މަސައްކަތް ކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ނޫހަކަށް އިންޓަވިއުދެމުން އޭނާ ބުނީ، ކިމް ކާޑޭޝިއަންއާ އޭނާގެ މުޅި ފެމިލީއަށް ޖޫލިއާގެ ހިތުގައި އެއްވެސް ބުރަކަމެއް ނޯންނަ ކަމަށެވެ. އަދި އޭނާ އަކީ، އެ މީހުން ގެނެސްދޭ "ކީޕިން އަޕް ވިތް ކާޑޭޝިއަން"ގެ ފޭނެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ޖޫލިއާ އާއި ކާންޔޭ ދިމާވީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ކުރީގެ އަންހެނުން ދޫކޮށް، އެހެން މީހަކާއި އެކު ކާންޔޭ ކުރިއަށް ދާން ފަށާފައިވާއިރު، ކިމް ވެސް މިހާރު ވަނީ ލޯބިވެރިއަކު ހޯދާފަ އެވެ.

ކިމްގެ ލޯބިވެރިއަކީ ޕީޓް ޑޭވިޑްސަން ނަމަކަށް ކިޔާ އެމެރިކާގެ ކޮމެޑިއަންއެކެވެ.