ހުޅުހުޅުގައި ރިއްސާތީ ބޭސް ބޭނުން ކުރުމަށްވުރެ އެކަމުން ސަލާމަތްވާނެ ރަނގަޅު ގޮތް ގޮތް އެބަހުއްޓެވެ. ބައެއް ކަހަލަ ކާނާ ބޭނުން ކުރުން މަދުކޮށްލާށެވެ. ނުވަތަ މާގަދައަށް ހުޅުހުޅުގައި ރިއްސާ ނަމަ ބައެއް ކާއެއްޗިހި ބޭނުން ކުރުން ހުއްޓާލާށެވެ.
ހާއްސަ ޑައިޓެއް އިހުތިޔާރު ކުރާށެވެ. ހިކޭ ޑައިޓެއް ނޫނެވެ. ހުޅުހުޅުގައި ރިއްސުމަށް ހާއްސަ ޑައިޓެކެވެ. މި ޑައިޓުން ހުޅުތަކުގައި ރިހުމަށް ލުޔެއް ލިބޭނެ އެވެ. މި ޑައިޓަކީ ބައެއް އާއްމުކޮށް އަހަރުމެން ބޭނުންކޮށް އުޅޭ ގިނަ ބާވަތްތަކެއް ބޭނުން ކުރުން ހުއްޓާލަން ޖެހޭ ޑައިޓެކެވެ.
ނައިޓް ޝޭޑް ތަރުކާރީ
ނައިޓް ޝޭޑް ތަރުކާރީގެ ގޮތުގައި ހިމެނޭ ތަރުކާރީ ބޭނުން ނުކުރާށެވެ. މީގެ ތެރޭގައި ފަލަމަޑީގެ ބާވަތްތަކާއި ބަށީގެ އިތުރުން ބޯށި ފަދަ ތަކެތި ހިމެނެ އެވެ. އެއީ ހަށިގަނޑަށް ކިތަންމެ ފައިދާ ހުރި އެއްޗެއް ނަމަވެސް ހުޅުހުޅުގައި ރިއްސާނަމަ ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. ނައިޓް ޝޭޑް ވެޖްސް ބޭނުން ކުރުން ހުއްޓާލައިފި ނަމަ ހުޅު ދުޅަވުމާއި، ހުޅުތައް ލެބުމުގެ މައްސަލަތަށް ހައްލުވެގެން ދާނެ އެވެ.
ތެލުލި ކާނާ
ހުޅުހުޅުގައި ރިއްސާނަމަ ތެލުއެޅި ކާތަކެތި ކެއުން އެއްކޮށްހެން ހުއްޓާލާށެވެ. ހާއްސަކޮށް ތަރުކާރީ ތެޔޮލުގައި ތެލުލާފައި ހުއްނަ އެއްޗިއްސެވެ. ސަބަބަކީ ތަރުކާރީ ތެޔޮ ތައްޔާރުކޮށްފައި ހުންނަނީ އޮމެގާ-6 ފެޓީ އެސިޑް ބޭނުންކޮށްގެން ކަމަށް ވާތީ އެވެ. އެއީ ހުޅުހުޅުގައި ރިއްސުން އިތުރުވާ ހަށިގަނޑަށް ގެއްލުންހުރި މާއްދާ އެކެވެ.
ތައްޔާރީ ކާނާ
ކެމިކަލް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުއްނަ ކާނާ އަކީ ހުޅުހުޅުގައި ރިއްސާ މީހުންނަށް އިތުރު ވޭނެކެވެ. އެހެންކަމުން ފިހާރައަކަށް ދިޔަސް ޕެކެޓުގައި ބަންދުކޯށްފައި ހުއްނަ ތައްޔާރީ ކާނާއާ ދުރުވާށެވެ. އޭގެން ފައިދާ ކުރާނީ ހަމަ ތިބާ އަށެވެ.
ކިރު އެކުލެވޭ ކާނާ
ކިރު އެކުލެވޭ ކާނާ އަކީ ހަށިގަނޑަށް ގިނަ އަދަދެއްގެ ޕްރޮޓީންސް އިތުރުކޮށްދޭ ފައިދާ ހުރި ކާނާއެއްކަން ޔަގީނެވެ. އެހެންނަމަވެސް ހުޅުހުޅުގައި ރިއްސާ ނަމަ އެއީ ރަނގަޅު އެއްޗެއް ނޫނެވެ. އެއީ ކިރު އެކުލެވޭ ކާނާގެ ސަބަބުން ހުޅުތަކުގެ ވަށައިގެންވާ ޓިޝޫ ބަލިކަށިވެ ހަލާކުވުމަށް މަގުފަހި ވާތީ އެވެ. ޕްރޮޓީން އިތުރުކުރުމަށް ކިރު އެކުލެވޭ ކާނާގެ ބަދަލުގައި ސްޕިނެޗް އަދި ބަދަން ފަދަ ތަކެތި ބޭނުން ކުރާށެވެ.