އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ "ބިގް ބޮސް 15" ނިންމާލަން ތައްޔާރުވެއްޖެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކަލާޒް ޗެނެލުން ކުރިއަށް ގެންދާ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ ފަނަރަ ވަނަ ސީޒަން ފައިނަލް އެޕިސޯޓް އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ދެއްކުމަށް ވަނީ ނިންމާފަ އެވެ.

"ބިގް ބޮސް 15" ތަފާތު ތީމަކަށް ކުރިއަށް ގެންގޮސްފައިވާއިރު ތަފާތު ބައިވެރިންތަކެއް ވަނީ މި ސީޒަންގައި ފެނިގެން ގޮސްފަ އެވެ.

ޝޯ ނިމުމާ ގާތަމަށް އައިސްފައިވާއިރު ފައިނަލުގައި ހަތް ބައިވެރިޔަކު އަންނަނީ ވާދަކުރަމުންނެވެ. އެގޮތުން ފައިނަލްގައި ވާދަކުރާ ބައިވެރިންނަކީ މިދިޔަ އަހަރު ކަލާޒްގެ ސްޓްރީމިން ޕްލެޓްފޯމް، ވޫޓް އިން ސްޓްރީމް ކުރި "ބިގް ބޮސް އޯޓީޓީ" ގައި ވެސް ވާދަކުރި ޝަމީތާ ޝެޓީ އާއި ޕްރަތީކް ސެހެޖްޕާލް އާއި ނިޝާންތު ބަޓްގެ އިތުރުން މި ފަހަރުގެ ސީޒަންގެ އޮރިޖިނަލް ބައިވެރިންގެ ތެރެއިން ތޭޖާސްވީ ޕްރަކާޝް އާއި ކަރަން ކުންދުރާގެ އިތުރުން "ބިގް ބޮސް 14" ގައި ވެސް ވާދަކުރި ރާކީ ސާވަންތުގެ އިތުރުން "ބިގް ބޮސް 13" ގައި ވާދަކުރި ރަޝްމީ ދެސާއީ އެވެ.

https://www.instagram.com/p/CZOJAdrlUmD/

"ބިގް ބޮސް 15" ގެ ފައިނަލް އެޕިސޯޓްގައިވެސް ތަފާތު ހުށަހެޅުންތަކެއް ފެނިގެންދާނެ އެވެ.

އެގޮތުން "ބިގް ބޮސް 13"ގެ ފައިނަލްގައި ވާދަކުރި ޝެހެނާޒް ގިލްގެ ހާއްސަ ހުށަހެޅުމެއް ފެނިގެންދާނެ އެވެ. ހިމަނަން ހަމަޖެހިއްޖެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން، އޭނާ ހުށަހެޅުން ހާއްސަ ކުރަނީ ޝެހެނާޒްގެ ގާތް ރަހުމަތްތެރިޔާ އަދި "ބިގް ބޮސް 13" ކާމިޔާބު ކުރި ސިދްހާތް ޝުކްލާއަށް ކަމަށްވެ އެވެ.

"ބިގް ބޮސް" އަކީ ބޮލީވުޑްގެ ތަރި ސަލްމާން ޚާން ހޯސްޓްކުރާ ޝޯއެކެވެ. ފަނަރަ ވަނަ ސީޒަން ދައްކަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 2 ގަ އެވެ.

https://www.instagram.com/p/CZOQjDtlB1g/

އިންޑިއާގެ އެންމެ މަގުބޫލު ރިއަލިޓީ ޝޯތަކުގެ ތެރޭގައި ހިމެނޭ "ބިގް ބޮސް" ގެ 14 ވަނަ ސީޒަން ކާމިޔާބުކުރީ ރުބީނާ ދިލައިކެވެ.