އަހަރުމެން ދިވެހިން މޫދަށް ދަނީ އާއިލާއާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށެވެ. އެކަމުން ލިބޭ އުފަލާއި ހިތްހަމަ ޖެހުމަށްޓަކަ އެވެ. ނަމަވެސް މިއީ މޫދަށް ދިއުން ގިނަކުރަންވީ ހަމައެކަނި ސަބަބެއް ނޫނެވެ. މޫދަށް ދިއުން ގިނަ ކުރަންވީ އެކަމުން ލިބޭ ސިއްހީ ފައިދާތައް ވެސް ގިނަ ވީމަ އެވެ.

ހަންގަނޑު ސާފު ކޮށްދޭ

މޫދު ލޮނުގައި އެކުލެވިގެންވާ މައުދަނީ ލޮނު ތަކާއި އިރުގެ ހަކަތަ އެކުވެގެން ގައިގެ ހަންގަނޑަށް އާރޯކަން ގެނެސްދެ އެވެ. މި ދެންނެވިގޮތަށް ހަންގަނޑަށް އާރޯކަން ލިބުމުން ފާރު ހިއްކުމާއި، ގައިގެ ހަންގަނޑުން ތަންތަންކޮޅު ރަތްވެ އުފުލޭގޮތްވުން ރަނގަޅު ކޮށްދިނުމާއި، އޮށާޅަ ނެގުން އަދި ސޮރައިސިސް ފަދަ ހަމުގެ ބަލިތަކުން ރައްކާތެރި ކޮށްދެ އެވެ.

ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ

މޫދަށް އެރި އުޅެލުމުން ނުވަތަ މޫދުގައި ފަތާލުމުން 5 އާއި 20 އިންސައްތައާއި ދެމެދުގެ މިންވަރަކަށް ލޭގައި ހުންނަ ރަތް ސެލް ގެ މިންވަރު އިތުރުކޮށްދެ އެވެ. އަދި ހުދު ސެލްތަކުގެ ޢަދަދު މާ މަތީ އަދަދަކަށް އިތުރުކޮށްދެ އެވެ. އެހެންކަމުން ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި ލޭމަދު ވުމުގެ ބަލި އަދި ހަކުރު ބަލި ހުންނަ މީހުންނަށް މޫދު ލޮނަކީ ވަރަށް ރަނގަޅު ބޭހެކެވެ.

ހުޅުހުޅުގައި ރިއްސުން ކުޑަ ކޮށްދޭ

މޫދަށް އެރި ހެލިފެލިވެ އުޅުމަކީ ކަށްޓާއި މަސްގަނޑުގައި ރިއްސުމާއި، ރާއްޖެބަލީގެ އުނދަގޫވުން ކުޑަކޮށްދޭ ކަމެކެވެ. މީގެ އިތުރުން ލޭ ދައުރުކުރުން ރަނގަޅުކޮށްދިނުމާއި ހުޅުހުޅުގެ އެކި ކަހަލަ އުނދަގޫތަކަށް ހައްލު ލިބެ އެވެ.

ސްޓްރެސް ކުޑަ ކޮށްދޭ

މޫދު ލޮނުގައި އެކުލެވިގެންވާ މެގްނީޒިއަމް ގެ ސަބަބުން ހަށިގަނޑަށް ހިމޭންކަން ގެނެސްދެ އެވެ. ހާސްވުމާއި ކަންބޮޑުވުމުގެ ތެރޭގައި ދިރިއުޅޭ މީހުން މޫދަށް އެރިއުޅުމަށް ސިއްޙީ ބޭފުޅުން އިރުޝާދު ދެ އެވެ.

ފާރުތައް ފަސޭހަ ކޮށްދޭ

މޫދު ލޮނުގައި ހުންނަ މަޢުދަނީ ލޮނުގެ ބާވަތްތައް ކަމަށްވާ ސޯޑިއަމް އާއި އަޔޮޑިން ގެ ސަބަބުން ފާރު ފަސޭހަވުން އަވަސްކޮށްދީ ފާރުގަނޑު ލަކުނަށް ބަދަލުކޮށްދިނުމުގެ މަރުޙަލާ އަވަސް ކޮށްދެ އެވެ.

ނޭވާލުން ރަނގަޅު ކޮށްދޭ

ނޭވާހިއްލާ މީހުންނާއި ގަދަޔަށް ކެއްސާ މީހުންގެ އިތުރުން ކަރުތެރޭގައި ގަދަޔަށް ދަވަ އުފެދުމާއި ނޭވާލާ ނިޒާމަށް ކުރިމަތިވާ ބައެއް އެހެނިހެން މައްސަލަތައް ހުންނަ މީހުން މޫދަށް އެރި ފަތާ އުޅުމުން އެ މައްސަލަތައް ލުއިކޮށްދެ އެވެ. ފު އްޕާމެއަށް ގެއްލުންދޭ ވިހަ މާއްދާތައް މަދުކޮށްދިނުމަށް މޫދު ލޮނު މުހިއްމު ދައުރެއް އަދާކުރެ އެވެ.