ލުއި ކާނާއަކީ މިހާރު ގިނަ ބަޔަކު އެމީހުންގެ ކެއުމުގައި އެންމެ ގިނައިން ބޭނުންކުރާ ބާވަތެވެ. އެފަދަ ފަރާތްތަކުން ސަމާލުކަން ދޭން ޖެހޭ ކަމަކީ މިފަދަ ކެއުންތަކަކީ ދަރިފަނި އުފެދުމަށް ހުރަސްއަޅާ ކެއުންތަކެއް ކަމެވެ.
އިނގިރޭސިވިލާތުގެ ހަވާޑް ޔުނިވާސިޓީން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ލުއި ކާނާ ބޭނުން ކުރުމުން ދަރިފަނި އުފައްދާ ނިސްބަތް ނުވަތަ ސްޕާމް ކައުންޓް ދަށްވެ އެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުގައި އާއްމުގޮތެއްގައި ލުއިކާނާ ބޭނުންކުރާ މީހުންނާއި އަޅާ ބަލާއިރު ސިއްޙަތަށް ފާއިދާ ހުރި ކެއުންތައް ބޭނުންކުރާ ފަރާތްތަކުގެ ދަރިފަނި އުފައްދާ މިންވަރު އެތައް ގުނައެއް އިތުރުވެ އެވެ.
އުމުރުން 18 އަހަރާއި 20 އަހަރާއި ދެމެދުގެ ނެދަލޭންޑްސްގެ 3000 އެއްހާ ފިރިހެނުނުންގެ ޓެސްޓްތަކުގެ ނަތީޖާ ބޭނުންކޮށްގެން ކުރި މި ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުން ލުއިކާނާ ބޭނުންކުރުމުން ސްޕާމް ކައުންޓް ދަށް ވުމުގެ އިތުރުން ދަރިފަނީގެ ސިއްހަތު ވެސް ދަށްވެ އެވެ.
ދަރިން ނުލިބޭ ފިރިހެނުންގެ ތެރެއިން 30-40 ޕަސެންޓް މީހުންނަކީ ސްޕާމް ކައުންޓް ދަށް މީހުންނެވެ. ސްޕާމްގެ ސިއްހަތު އެކަށީގެންވާ ވަރަކަށް ނެތްނަމަ ބިހެއް ފާޓިލައިޒްކޮށް ކުއްޖަކު އުފެދުމަކީ ދަތި ކަމަކަށްވެ އެވެ. މިފަދަ މީހުންނަށް ދަރިން ނުލިބެނީ މި ސަބަބާ ހުރެ އެވެ.
މީގެ ކުރިން ކޮށްފައިވާ އެހެން ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި މޭވާ އާއި ތަރުކާރީގެ ބާވައްތައް މަދުކޮށް ލުއި ކާނާއަށް ދެވިހިފުމަކީ އަންހެނުން މާބަނޑުވުން ވެސް ލަސް ކުރުވާ ކަމެކެވެ.