އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ހީވެފައި އޮންނަނީ އާފުރެން މެދުވެރިވަނީ ނިދި އައުމުން ނޫނީ ފޫހިވުމުން ކަމަށެވެ. އެހެން ނަމަވެސް އެއީ އަހަރެމެންނަށް ގަބޫލު ކުރެވިފައިވާ ވަރަށް ބޮޑު ކުށްހީ އެކެވެ.

ސައިންސްވެރިން ހާމަކުރާ ގޮތުގައި އާ ފުރުމަކީ ސްޓްރެސް އިތުރު ވުމާއެކު ސިކުނޑި ހުޝިޔާރު ކަންމަތީ ބެހެއްޓުމަށް ގުދުރަތުން ލައްވާފައިވާ ވަރަށް މުހިންމު ނިޒާމެކެވެ.

އާފުރުމަކީ އެކެއްގެ ފަރާތުން އަނެކަކަށް ވާރުތަވާ ކަމެކެވެ. މީހަކު އާފުރޭތަން ފެންނަ މީހާ ވެސް ހަމަ އެވަގުތު އާފުރެން މެދުވެރިވެ އެވެ.

އާފުރެނީ ސިކުނޑީގެ މަސައްކަތްތަކަށް އަށް އަންނަ ބަދަލުތަކެއްގެ ސަބަބުންނެވެ. އާފުރުމުގެ އެވްރެޖް ދިގުމިނަކީ ހައެއްކަ ސިކުންތެވެ. އެކަމަކު ފުލުފުލުހުން ވަރަށް ގިނަފަހަރު ވެސް އާފުރިދާނެ އެވެ.

ހޯދުންތަކުން އެނގޭ ގޮތުގައި އާފުރުމުގެ އެންމެ މުހިންމު ބޭނުމަކީ ސިކުނޑި އޭގެ އެންމެ އެކަށީގެންވާ މިންވަރަށް ހޭލައްވާލުމެވެ. އެގޮތުންް ސިކުނޑިއަށް މާ ބާރު ބޮޑު ވާނަމަ އާފުރުމުން ސިކުނޑި އަށް ފިނިކަން ލިބި މަސައްކަތްތައް ހަލުވި ކޮށްދެ އެވެ.

ސިކުނޑިއާ ބެހޭ އިލްމުވެރިން ވިދާޅުވާ ގޮތުން ސިކުނޑީގެ ހޫނުކަން ކުޑަ މިންވަރެއް މައްޗަށް ޖެހުނަސް ކަންކަމަށް އިޖާބަ ދިނުން ލަސްވެ ހަނދާން ބަލިވާ ގޮތް މެދުވެރިވެ އެވެ. އެހެންވެ ސިކުނޑީގެ ފިނިހޫނުމިނަށް އަންނަ ބަދަލާ އާފުރުން ވަރަށް ބޮޑަށް ގުޅިފައިވެ އެވެ. ހާސްވެ ކަންބޮޑުވުމާއި ސްޓްރެސްގެ ސަބަބުން ސިކުނޑީގެ ހޫނުކަން މައްޗަށްދެ އެވެ. އެހެންވެ ބޮޑު ކަމެއް ކުރަން އުޅޭއިރު ކުރިމަތިވާ ނުތަނަވަސްކަމުގެ ސަބަބުން އާފުރުމަކީ ވަރަށް ގާތް ކަމެކެވެ.

އެކަކު އާފުރޭތަން ފެނި އެހެން އާ ނުފުރި ތިބޭނީ ދެބައެކެވެ. އެއީ ކުޑަކުދިންނާއި އޯޓިސްޓް ކުދިންނެވެ. އެ ނޫނީ އިންސާނުންވެސް އަދި ޖަނަވާރުންވެސް އެހެން މީހަކު އާ ފުރޭތަން ފެނި އާ ފުރެއެވެ.

ހޯދުންތަކުން ބުނާ ގޮތުގައި މައިބަދައެއް ހުންނަ ކޮންމެ ޖަނަވާރެއްވެސް އާފުރޭނެ އެެވެ.