ލޭގެ ކެންސަރަކީ ވޭންހުރި ފުރާނައަށް ނުރައްކާ ބޮޑު ބައްޔެކެވެ. ނަމަވެސް ބަލީގެ ކުރީކޮޅުގައި ދެނެގަނެވިއްޖެ ނަމަ މިއީ ޒަމާނީ ބޭސްފަރުވާއިން ފަރުވާ ކުރެވޭނެ ބައްޔެކެވެ. އެހެން ކަމުން ލޭގެ ކެންސަރުގެ ފުރަތަމަ އަލާމާތްތައް އެނގި ހޭލުންތެރިވެ ތިބުމަކީ މުހިއްމު ކަމެކެވެ.

ހުޅުތަކުގައި ރިއްސުން

އަތުގެ ހުޅު، ފައިގެ ހުޅުތަކުގައި ހުއްޓުމެއް ނެތި ރިއްސާނަމަ މިއީ ތިމާ މީހާ ސަމާލުކަމަށް ގެންނަން ޖެހޭނެ ކަމެކެވެ. ކަށިތަކުގައި ރިއްސައި، މެދުނުކެނޑި ހުޅުތަކުގައި ރިއްސުމަކީ ލޭގެ ކެންސަރުގެ އަލާމާތެކެވެ. ފަހަރެއްގައި އެހެން ބައްޔެއްގެ ސަބަބުން ވެސް މިކަން ދިމާވުން އެކަށީގެންވެ އެވެ. ނަމަވެސް ބުއްދިވެރި ގޮތަކީ ސިއްހީ ލަފައެއް ހޯދުމެވެ.

ގަދައަށް ހުން އައުން

ހުން އައުމަކީ އާންމު ކަމެކެވެ. ހުން އައުމުން ގިނަ ބަޔަކު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް މަޑުނުވެ ހުން އަންނަނަމަ އެއީ ކެންސަރުގެ ފުރަތަމަ އަލާމާތަކަށްވުން އެކަށީގެންވެ އެވެ.

ރޭގަނޑު ދާހިއްލުން

އާންމުކޮށްވެސް ތިމާ އަކީ ދާހިއްލާ މީހެއް ހެއްޔެވެ؟ ރޭގަނޑު ގަޑީގައި އާންމުކޮށް ތިމާ ދާހިތްލާނަމަ އެއީ ވެސް ސަމާލުވާންވީ ކަމެކެވެ. ކުޑަކަމެކޭ ހިތާ ދޫކޮށްނުލާށެވެ.

ހަންގަނޑު ރަތްވުން

ހަންގަނޑުގެ ބައެއް ހިސާބުތައް ރަތްވުން ނުވަތަ އާދަޔާ ހިލާފަށް ހަންގަނޑު ހިރުވުމަކީ ވެސް ލޭގެ ކެންސަރުގެ އަލާމާތެކެވެ. ރަނގަޅު ނުވެ މިފަދަ ކަމެއް ގިނަދުވަހަށް ހުންނަ ނަމަ ސިއްހީ ފަރުވާ ހޯދާށެވެ.

ކަންފަތާއި ނޭފަތުން ލޭ އައުން

ލޭ އައުން މަނާނުކުރެވި މާ ގަދައަށް ލޭ އައުމަކީ ލޭގެ ކެންސަރުގެ އަލާމާތެކެވެ. މިކަން ދިމާވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދާށެވެ.