ކަލާސް ޓީވީން ދައްކާ އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ "ބިގް ބޮސް 15" އެކްޓްރެސް ތެޖަސްވީ ޕްރަކާޝް ކާމިޔާބުކޮށްފި އެވެ.

ރޭ ބޭއްވި ބިގްބޮސްގެ ގްރޭންޑް ފިނާލޭގައި އެ ޝޯގެ ކާމިޔާބު ކުރި އުމުރުން 28 އަހަރުގެ ތެޖަސްވީ އަށް ވަނީ ޓްރޮފީއާއެކު 40 ލައްކަ އިންޑިއާ ރުޕީސްގެ ފައިސާގެ އިނާމުވެސް ލިބިފަ އެވެ. މީގެ އިތުރުން ކަލާސް ޓީވީގެ މަގުބޫލު ޓީވީ ސިލްސިލާ ''ނާގިން"ގެ ހަ ވަނަ ސީޒަންގެ ލީޑު ރޯލު ވެސް ތެޖާސްވީއަށް ލިބިފައިވާކަން ވަނީ ރޭ އިއުލާނުކޮށްފަ އެވެ.

https://www.instagram.com/p/CZXV8oBtrKE/

މި ޝޯގެ ދެވަނަ ލިބުނީ ޕްރަތީކް ސެހެޖްޕާލް އަށެވެ. އަދި ތިން ވަނަ ލިބުނީ ކަރަން ކުންދުރާ އަށެވެ. ހަތަރު ވަނަ ލިބިގެން ގޮސްފައިވަނީ ޝަމީތާ ޝެޓީ އެވެ. އަދި 10 ލައްކަ ރުޕީސް ހިފައިގެން ޝޯ އިން ނިކުންނަން ލިބުނު ފުރުސަތުގައި ހިފައި ޝޯ އިން ނިކުތީ ނިޝާންތު ބަޓް އެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯންގެ ކުރިއަށް އޮތް ފިލްމު "ގެހްރާއިޔާން" ޕްރޮމޯޓް ކުރުމަށް އެ ފިލްމުގެ ލީޑު ތަރިން ވެސް ރޭގެ ގްރޭންޑް ފިނާލޭގައި ބައިވެރިވި އެވެ.

https://www.instagram.com/p/CZXELfqrP-u/

ފިނާލޭގައި ކުރީ އަހަރުތަކުގެ ބިގްބޮސް ޝޯގެ ބައިވެރީންގެ ތެރެއިން ގޯހަރް ހާން، އުރްވަޝީ ދޮލާކިޔާ، ގޯތަމް ގުލާޓީ، ރުބީނާ ދިލަކް އަދި ޝްވެތާ ތިވާރީވެސް ވަނީ މެހެމާނުންގެ ގޮތުގައި ބައިވެރިވެފަ އެވެ.

ގްރޭންޑް ފިނާލޭގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައިވަނީ ބިގްބޮސް 13 ކާމިޔާބުކުރި އަދި މިހާރު މަރުވެފައިވާ ސިދާތު ޝުކްލާ އަށް ޝެހެނާޒް ގިލް ދިން ޓްރިބިއުޓް ހުށަހެޅުމެވެ. ޝެހެނާޒް އަދި ސިދާތު އަކީ ބިގްބޮސް 13 ގައި އެކުގައި ވާދަކޮށް ބެލުންތެރިންގެ ލޯބި ހޯދާފައިވާ ޖޯޑެކެވެ. ސިދާތުގެ މަރަށްފަހު ސްޓޭޖުން ފުރަތަމަ ފަހަރަށް ސަލްމާން ހާން އާއި ޝެހެނާޒް ބައްދަލުވުމުން ދެމީހުންގެ ލޮލުން ވެސް ވަނީ ކަރުނަ ހިލިގެން ގޮސްފަ އެވެ.

https://www.instagram.com/p/CZXGopzh6sW/