ބަނޑު ހިންދުމަށް އެކި މީހުން ކަންތައް ކުރަނީ އެކި ގޮތަށެވެ. ބައެއް މީހުން ކަސްރަތުކޮށް ޑައިޓް ކުރާއިރު އެއްބަޔަކު ބޭސް ބޭނުން ކުރާތަންވެސް އާދެ އެވެ. އެގޮތުން މިއީ ޑައިޓް ކުރަމުން ދާއިރު ބޯލުމަށް ރަނގަޅު، ތައްޔާރު ކޮށްލުމަށް ފަސޭހަ ބުއިމެކެވެ.

ބޭނުންވާ ތަކެތި

  • 4 ލުނބޯ
  • 4 ސަމްސާ މުގުރި އިނގުރު
  • 2 ސަމްސާ ފޮނިތޮށި
  • 3 ސަމްސާ މާމުއި
  • ¼ ޖޯޑު ފެން

ތައްޔާރު ކުރާނެ ގޮތް

ބުލެންޑަރަށް ލުނބޯތައް ފެލާލުމަށްފަހު ބާކީހުރި ތަކެތި އަޅާ 3 މިނެޓް ވަންދެން އެއްކޮށްލުމުން މިއޮތީ ބުއިން ތައްޔާރުވެފަ އެވެ. ކޮންމެ ދުވަހެއްގެ ވެސް ދެއިރު ނާސްތާގެ ކުރިން ސަމްސަލެއް ބޯލާށެވެ. ދެ ހަފްތާ ތެރޭގައި އެދެވޭ ނަތީޖާއެއް ފެންނާނެ އެވެ. މަތި ބާރު ފުޅިއަކަށް އަޅާ އަލަމާރީގައި ވެސް ރައްކާ ކުރެވޭނެ އެވެ.

މިއީ ހަމައެކަނި ބަނޑު ހިންދަން މޮޅު ބުއިމެއް ނޫނެވެ. މިއީ ހަޖަމުކުރުމަށް އެހީވެދޭ، ކަރުގައި ރިއްސުން ރަނގަޅުކޮށްދޭ، ހަންގަނޑު އަލިކޮށް އަދި ވައިގެ އުދަނގުލަށް ވެސް އެހީވެދޭ ބުއިމެކެވެ.