އުރީދޫގެ އިންޓަނެޓަށް މިއަދު ދިމާވި މައްސަލަ ހައްލުކޮށްފި އެވެ.
އެ މައްސަލަ ހައްލުކޮށްފައި ވަނީ މީގެ ގަޑިއެއްހާއިރު ކުރިންނެވެ.
އެ ކުންފުނިން ބުނީ އިންޓަނެޓް ހިދުމަތަށް މައްސަލައެއް ދިމާވީ ބައިނަލްއަގުވާމީ އައިއެސްޕީ ޕާޓްނަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އައިއެސްޕީ ޕާޓްނަރުންނަކީ ކުންފުނިތަކާ ގުޅިގެން އިންޓަނެޓް ހިދުމަތް ދޭ ބައިނަލްއަގުވާމީ ކުންފުނިތަކެވެ.
މި މައްސަލަ ހައްލުކުރުމަށް ފަހު އަލުން ހިދުމަތް ދީފައި ވަނީ ހަވީރު 4:30 ހާއިރު އެވެ.
މިކަމުގެ ސަބަަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަކަށް އުރީދޫން ވަނީ މައާފަށް އެދިފަ އެވެ.
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!
އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް
ނާޒިމް އަށް އަލުން މިނިސްޓަރު ފެންވަރުގެ މަގާމެއް