މިއީ އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ބިނާ ކުރި މިސްކިތެއް. ކިންގް ސަލްމާން މިސްކިތަކީ 370 މިލިއަނެއްހާ ރުފިޔާ ހޭދަވެފައިވާ ޖުމްލަ ހަތަރު ފަންގިފިލާއެއް ހިމެނޭ ގޮތަށް ގުރްއާނާ ބެހޭ މަރުކަޒަކާއި (ލައިބްރަރީ) ނުވަތަ ކުތުބުހާނާއަކާއި ކިލާސްރޫމް ތަކެއްގެ އިތުރުން ޖަލްސާކުރާ މާލަމެއް ހިމެނޭ 41،500 އަކަފޫޓުގެ ބޮޑު އިމާރާތެއް. މި މިސްކިތަކީ މާލޭގެ މަލަމައްޗައް އިސްލާމީ ގައުމެއްގެ ވެރިރަށެއްގެ ސިފަ ގެނެސްދޭ އަދި އެތައް ދިވެހިންތަކެއް އިންތިޒާރާ މިސްކިތެއް.

އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު ފެށޭ މިއަހަރުގެ ރަމަޟާން މަހުގެ މުލަ ރޯދަ ވަނަ ދުވަހު ކިންގް ސަލްމާން މިސްކިތުގައި ނަމާދު ކުރަން ހުޅުވާލަން ސަރުކާރުން ނިންމައިފި އެވެ.

މާލޭ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކުތުގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާއެވެ. އެ ކުންފުންޏާއެކު ކުރީ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގަ އެވެ.

މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ސަރުކާރުން ބުނެފައިވެ އެވެ. އެހެން ނަމަވެސް ފަހުން ސަރުކާރުން ބުނެފައި ވަނީ އެތަން ރަސްމީކޮށް ނުހުޅުވި ލަސްވީ ކޮވިޑާ ގުޅިގެން ސައުދީގެ އިސް ބޭފުޅުންނަށް ވަޑައިނުގެންނެވިގެން ކަމަށެވެ.

މިސްކިތް ހުޅުވުމާ ބެހޭ ގޮތުން ސަރުކާރުން ވަނީ މިދިޔަ އަހަރު ސައުދީއިން ރާއްޖެ ވަޑައިގެންނެވި ވަފުދަކާ މަޝްވަރާ ކޮށްފަ އެވެ. އަދި މިސްކިތް ހުޅުވުމަށް ދެ މިލިއަން އެމެރިކާ ޑޮލަރު ސައުދީން ދޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

މިއީ އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ބިނާ ކުރި މިސްކިތެކެވެ. ކިންގް ސަލްމާން މިސްކިތަކީ 370 މިލިއަނެއްހާ ރުފިޔާ ހޭދަވެފައިވާ ޖުމްލަ ހަތަރު ފަންގިފިލާއެއް ހިމެނޭ ގޮތަށް ގުރްއާނާ ބެހޭ މަރުކަޒަކާއި (ލައިބްރަރީ) ނުވަތަ ކުތުބުހާނާއަކާއި ކިލާސްރޫމް ތަކެއްގެ އިތުރުން ޖަލްސާކުރާ މާލަމެއް ހިމެނޭ 41،500 އަކަފޫޓުގެ ބޮޑު އިމާރާތެކެވެ.

މި މިސްކިތަކީ މާލޭގެ މަލަމައްޗައް އިސްލާމީ ގައުމެއްގެ ވެރިރަށެއްގެ ސިފަ ގެނެސްދޭ އަދި އެތައް ދިވެހިންތަކެއް އިންތިޒާރާ މިސްކިތެކެވެ.