ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދާދި ފަހުން ފޮނުވި ޑޮކްޓަރުންތަކެއް ފިލައިގެން ގޮސްފައިވާ ކަމަށް ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ނަސީމު މިފަދައިން ވިދާޅުވީ ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހުންނާނެ ފަދަ ހޭނައްތާ ޑޮކްޓަރެއް ލިބޭނެ ތާރީހާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ކުރެއްވި ސުވާލަކަށް މަޖިލީހުގައި މިއަދު ޖަވާބުދެއްވަމުންނެވެ.
ނަސީމް ވިދާޅުވީ ތިނަދޫއަށް ފޮނުވި 5 ޑޮކްޓަރުންވެސް ފިލައިގެން ދިޔައީ ކަމަށާއި، ނަމަވެސް ޑޮކްޓަރުން ފިލައިގެން ދިޔަ ގޮތެއް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. ނަސީމު އިތުރަށް ވިދާޅުވީ ތިނަދޫ ހޮސްޕިޓަލަށް ޑޮކްޓަރުން ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އަދި އެދިވަޑައިގަންނަވަނީ ފޮނުވާ ޑޮކްޓަރުން ހިފަހެއްޓޭނެ ގޮތެއް ހަމަޖައްސައިދިނުން ކަމަށެވެ.
އަދި މިހާރު ރާއްޖޭގެ ރަށްރަށަށް ފޮނުވާ ޑޮކްޓަރުން ފިލައިގެން ދިޔަނުދީ އެއާޕޯޓާ ހަމައިން ހިފަހެއްޓޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ނަސީމު ވިދާޅުވި އެވެ. އަދި އެ އިންތިޒާމުތައް ހަމަޖެއްސެވީ ތިނަދޫއަށް ފޮނުއްވި ޑޮކްޓަރުން ފިލައިގެން ދިޔަ މައްސަލައާ ގުޅިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ނަސީމް ވަނީ ތިނަދޫގައި ހުންނަ ހޮސްޕިޓަލް އިތުރަށް އަޕްގްރޭޑްކޮށް އިތުރު ޚިދުމަތްތައް ތައާރަފް ކުރުމުގެ މަސައްކަތާއި އެ ރަށުގައި ގާއިމްކުރާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ވެސް މި އަހަރު ޓެންޑަ ކުރެވޭނެ ކަން ހާމަ ކުރައްވާފަ އެވެ.

ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަނީ
އޮމާންގެ ތެޔޮ ޓޭންކުތަކަށް ޑްރޯން ހަމަލާދީފި
ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" އައްޑުއަށް
ފިލައިގެން އެ ދިއައީ އިންޑިއާ އައުޓުގެ ބައިގަނޑެއްބާ!!