ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރުތަމަ ކުއާޓަރުގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓް ހޮވައިފި އެވެ.
މި ގޮތުން ހޮވި ފަސް ޕްރޮޖެކްޓަކީ:
- ށ. މާއުނގޫދޫގައި ސޯލާ މަގުބައްތި ހަރުކުރުން - ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖް
- ނ. ލަންދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކުރުން -– އަހުމަދު ރަޝީދު
- ތ. ކިނބިދޫގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުން -– އައިޝަތު ސަމާ
- ށ. ބިލެތްފަހީގައި ލައިބްރަރީ ތަރައްގީކުރުން - އިސްމާއިލް ޝަރީފް
- ކ. ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކުރުން - މުހައްމަދު ވިޝާހް
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.
އެ ބޭންކުން ބުނިގޮތުގައި މިފަންޑުގެ ދަށުން މިހާތަނަށް މިވަނީ މުޖުތަމައަށް ފައިދާކުރާ 65 ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
"އިންސިޑިއަސް"ގެ އެންމެ ފަހުގެ ފިލްމުން ހިތް ބިރު ގަންނާނެ!
ދިރާގު މުވައްޒަފުންގެ "ޑެސްކަޕް 2026" ފުޓްސަލް މުބާރާތް ނިމިއްޖެ
40 ޕަސެންޓު މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ކަމެއް ނޫން: މަޓީ