މިދިޔަ އަހަރު ވެގެން ގޮސްފައިވަނީ އިންޑިއާގެ ފިލްމީ ސިނަމާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަންނާނުން ކައިވެނިކުރި އަހަރަކަށެވެ.
އެ ލިސްޓުގައި ވަރުން ދަވަން އާއި ނަތާޝާ ދަލާލް، އަންކިތާ ލޯކަންޑޭ އާއި ވިކީ ޖެއިންގެ އިތުރުން ރާޖްކުމާރް ރާއޮ އާއި ޕެޓްރަލޭކާ ޕައުލް ހިމެނޭއިރު، އެންމެ ފާހަގަކޮށްލެވޭ ގޮތެއްގައި ނޫސްތަކުން ވިދާލީ ކެޓްރީނާ ކެއިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ވާހަކަތަކެވެ.
ހަމައެހެންމެ މިއަހަރު ވެސް ބޮލީވުޑާއި ޓީވީ ސީރިއަލްތަކުގައި މަޝްހޫރުކަން ހޯދާފައިވާ ފަންނާނުން ކައިވެނިކުރުމަށް ނިންމާފައިވެ އެވެ.
މިގޮތުން މަޝްހޫރު ފަންނާނު ޕަރިނީތީ ޗޯޕްރާ ވެސް ކައިވެނިކުރަން އުޅޭ ހަބަރުތަކެއް މީޑިއާގައި ވަނީ ފެތުރިފަ އެވެ.
ކަރަން ޖޯހަރް އާއި މިތުން ޗަކްރަބޯތީ އާއެކު ކަލާޒް ޓީވީން ގެނެސްދޭ ހުނަރްބާޒް ޝޯގައި ޕަރިނީތީ ފަނޑިޔާރުކަން ކޮށްދޭއިރު، އެ ޝޯގައި ޕަރިނީތީއާ ދިމާލަށް ކަރަން ވަނީ ޕަރިނީތީ ކައިވެނިކުރަން އުޅޭފަދަ ވާހަކައެއް ބުނެފަ އެވެ.
ސޯޝަލް މީޑިއާގައި ޝޯގެ އެ ކުރު ކްލިޕް އާންމުވެފައިވާއިރު، ގިނަ ބަޔަކު ވަނީ އެއީ ހަގީގަތެއްތޯ ބެލުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޝޯގެ ބާކީ ބައިގައި ޕަރިނީތީ ވަނީ އޭނާ ކައިވެނި ކުރަން އުޅުނު ނަމަވެސް މިހާތަނަށް ބައިވެރިއަކު ލިބިފައި ނުވާކަމަށް ބުނެފަ އެވެ.
ޕަރިނީތީ އަކީ އޭނާގެ ރީތިކަމާއި ހުނަރުން އިންޑިއާގައި ގިނަ ބައެއްގެ މަޝްހޫރުކަން ހޯދާފައިވާ ފަންނާނެކެވެ.
 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
			އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
		 އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
			އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					