ކުރީގެ ވަޒީރު އިލްޔާސް އިބްރާހީމްގެ ބޭސްފަރުވާއަށް އެއްލައްކަ ސިންގަޕޫރު ޑޮލަރު ސަރުކާރުގެ ބަޖެޓުން ދިނުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރު ސޮއިކުރައްވައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަށް ފޮނުވި ސިޓީއެއްގައި ވަނީ ރައީސް މުއިއްޒު އެ ނިންމުން ނިންމެވިކަން އަންގަވާފަ އެވެ.

އެ ސިޓީގައި ވަނީ އިލްޔާސް އިބްރާހީމަކީ ދައުލަތުގެ ވަރަށް މަތީ މަގާމްތަކެއް އަދާކޮށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

ސިއްހީ ހާލަތެއް މެދުވެރިވެ އެހީތެރިކަމަށް އެދިވަޑައިގެންފައިވާތީ، އިންސާނިއްޔަތު ކަމުގެ ގޮތުން ހަމަޖައްސާ އިނާޔަތެއްގެ ގޮތުގައި އިލްޔާސްގެ އޮޕަރޭޝަނަށް ހަރަދުވާ 150،000 ސިންގަޕޫރު ޑޮލަރު ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ހާއްސަ އެހީއެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް އެ ސިޓީގައިވެ އެވެ.