ކޮވިޑަށް މިއަދު މުޅި ރާއްޖެއިން 50 މީހުން ޕޮޒިޓިވްވިއިރު، އޭގެ ތެރެއިން 29 މީހުން ޕޮޒިޓިވްވީ މާލެއިން ބޭރުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އެޖެންސީން މިރޭ ބުނީ މުޅި ރާއްޖެއިން 1،477 ސާމްޕަލް ނެގިއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 21 މީހުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މީހުން ދިރިއުޅޭ 10 ރަށަކުން 14 މީހުން ޕޮޒިޓިވްވިއިރު، 26 ރިސޯޓަކުން 54 ޓޫރިސްޓުން އަދި 107 މުވައްޒަފުން ޕޮޒިޓިވްވެފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 12،204 އަށް އިތުރުވެފަ އެވެ. އަދި 11،289 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި 865 މީހުން މި ބައްޔަށް މިހާރު ވެސް ދަނީ ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލްތަކުގައި 47 މީހަކު އެޑްމިޓްކޮށްފައިވެ އެވެ.

މި ބަލީގައި މިހާތަނަށް 43 މީހަކު މަރުވެފައިވެ އެވެ.