ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލުމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ އެވެ.
އެމްޑީޕީއަށް ކެންޑިޑޭޓަކު ބައިވެރިކުރުމުގެ ފުރުސަތު ގެއްލުނީ ކަނޑައެޅިފައިވާ ވަގުތަށް ވުރެ ލަހުން ފޯމް ހުށައެޅުމުން އިލެކްޝަންސް ކޮމިޝަނުން ފޯމު ބަލައިނުގަތުމުންނެވެ. މިކަމާ ގުޅިގެން ނިހާދުގެ ރުޅިގަނޑު ފަޅައިގެންގޮސް ޓުވިޓާގައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާއަށް ވެސް ބަހުގެ ހަމަލާތައް ރައްދު ކޮށްފަ އެވެ.
"އަޑަށް ބާރުލާފަ އަންހެނުންގެ ހައްގޭ ކިޔާ ކަރު ބުޑުން އަޑުނެރެފަ ވާހަކަ ދައްކާ މީހުން ކޮބާ؟ ލީޑަރޝިޕްގައި ތިބެ މިއަދު ނުވި ކަމެއް މާދަން ކުރާނަމޭ ބުނުމަކީ ލަދުވެތިކަމެއް. ޑަބްލިއުޑީސީ އަށް ކުރިމަތިލާން ތިބި ކަނބަލުންނަށް މާލެ ދާއިރާއިން އެ ފުރުސަތު ހޯދައި ނުދެވުނު! ހިންގަނީތޯ؟" ނިހާދުގެ ޓުވީޓުގައިވެ އެވެ.
އީވާއަށް ނިސްބަތްވާގޮތަށް ނިހާދު މިމޭރުމުން ޓުވީޓު ކޮށްފައިވަނީ ޑަބްލިއުޑީސީއާއި ކައުންސިލްތަކުގެ އަންހެނުންގެ ދައުރު ފުރިހަމައަށް އެ ކަނބަލުންނަށް އަދާކުރުމުގެ ދައުރު ނުލިބޭ ކަމަށް ބުނެ އެކަންކަން މަޖިލީހުން ބަލާ ދިރާސާ ކުރުމަށް މަޖިލީހަށް ގަރާރެއް ހުށައަޅައގެން ބަހުސްކޮށްފައި ވަނިކޮށެވެ.
ނިހާދު ވިދާޅުވީ އަންހެން ކަނބަލުންނަށް މިގެއްލުވާލީ ލިބެން އޮތް ފުރުސަތެއް ކަމަށެވެ. އިންތިހާބުގައި ވާދަކުރުމަށް ވަގުތު ލިބި އެކަން ނުކުރެވުމަކީ ލީޑަޝިޕްގެ ބޮޑު ފެއިލިއާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާދު ވިދާޅުވީ މިހާރު ވެސް މިއުޅެނީ ޕާޓީ އާއި ގައުމަށްޓަކައި ޕާޓީ ހިންގާލާނެ ޗެއާޕާސަންއަކު ހޯދަން ކަމަށާއި މުހިއްމު ކަމަކީ ހިންގުންތެރި ބޭފުޅަކު ސަރުކާރާއެކު ރަނގަޅަށް ހިންގާލުން ކަަމަށެވެ.
ނިހާދުއަކީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ތާއީދު ކުރައްވާ މެމްބަރެކެވެ.
އިންތިހާބާ ގުޅިގެން ދެން ވާދަކުރައްވާ އިމްޒިޔާޒު ފަހުމީއަށް ތާއީދު ކުރައްވާ ފަރާތްތަކާއި ފައްޔާޒުގެ ޓީމާ ވަނީ ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފަ އެވެ. އަދި މަޖިލީހުގައި ވެސް އެއްބަޔަކު އަނެއްބަޔަކަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔާ ހޫނު ބަހުގެ ހަމަލާތައް އަމާޒުކުރަމުންނެވެ.
އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ އިސްތިއުފާ އީވާ
ހިންގާލަން ނިކުންނަވާ ތިއްބެވި ބޭފުޅުންވެސް ޕާޓީގެ ގުނަންތަކުގަ ތިބެ މިކަން މިހެން ވީ އިރު މިކަމާ ނޫޅުނީ.