ރަޝިއާއިން ބޭރުކުރާ ގޭހަށް ރުބެލްސްއިން ފައިސާ ދައްކަން ޖެހޭ ގޮތަށް ރައީސް ވްލަޑިމީރް ޕުޓިން ހަމަޖެއްސެވުމާއެކު ގޭހަށް ފައިސާ ދެއްކޭނެ ގޮތެއް ނެތި ޔޫރަޕްގެ ބައެއް ގައުމުތަކުން ރަޝިއާގެ ގޭސް ކުންފުނި ގޭޒްޕްރޮމްގެ އެކައުންޓްތައް ހުޅުވައިފި އެވެ.
ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާއަށް ޑޮލަރު މުއާމަލާތްތައް ދަތިވެފައިވުމާއެކު އެޅި ރައްދު ފިޔަވަޅެއްގެ ގޮތުނު ނިންމުން ނިންމިއިރު ރުބެލްސްއިން ފައިސާ ނުދައްކާތީ ޕޮލެންޑާއި ބަލްގޭރިއާއަށް ގޭސް ފޮނުވުން ރަޝިއާއިން ވަނީ ހުއްޓާލާފަ އެވެ.
އެގޮތުން މިހާތަނަށް ޔޫރަޕްގެ 20 ގައުމަކުން ގޭޒްޕްރޮމްގެ އެކައުންޓް ހުޅުވާފައިވާ ކަމަށް ކަމާ ގުޅުންހުރި މަސްދަރަކުން މީޑިއާއަށް ވަނީ މައުލޫމާތު ދީފަ އެވެ.
އެއާއެކު އިތުރު 14 ގައުމަކުން އެކައުންޓް ހުޅުވުމުގެ ލިޔެކިޔުންތައް ހުށައަޅައި އެކަމުގ މަރުހަލާތައް ފުރހަމަ ކުރަމުން އަންނަ ކަމަށް ވެސް އެފަރާތުން ހާމަކުރި އެވެ.
ޔޫރަޕްއަކީ ރަޝިއާގެ ހަކަތައަށް ވަރަަށް ބޮޑަށް ބަރޯސާވާ ބައްރެކެވެ. ނަމަވެސް ޔޫކްރެއިން ހަނގުރާމައަށްފަހު ރަޝިއާގެ ހަކަތަ ބޭނުން ކުރުން މަދުކުރަން ޔޫރަޕިއަން ޔޫނިއަންއިން ދަނީ މަސައްކަތް ކުރަމުންނެވެ.
ގޭޒްޕްރޮމް އެކައުންޓް ހުޅުވުމާއެކު ގައުމުތަކުން އެކުންފުންޏަށް ޑޮލަރުން ފައިސާ ދެެއްކި ނަމަވެސް ސަރުކާރަށް އެ ފައިސާ ކުންފުނިން ދައްކާނީ ރަޝިއަން ރުބެލްސްއިންނެވެ.
އީޔޫއިން އަންނަނީ ރަޝިއާގެ މި ނިންމުމަކީ އެއްބަސްވުމާ ހިލާފު ނިންމުމެއް ކަމަށް ބުނެ ރަޝިއާއަށާއި ޕުޓިންއަށް ފާޑު ކިޔަމުންނެވެ. -- ބިޒްނަސް އިންސައިޑާ