މޮސްކޯ (21 މެއި) - ފައިސާ ދެއްކުމުގެ ގަވާއިދުތަކަށް ބޯނުލަނބާ ކަމަށް ބުނެ ރަޝިއާގެ ގޭސް ކުންފުނި ގޭޒްޕްރޮމްއިން އަވަށްޓެރި ފިންލެންޑަށް ފޮނުވަމުން ދިޔަ ގޭސް ފޮނުވުން ހުއްޓާލައިފި އެވެ.
"އިމަޓްރާ އެންޓްރީ ޕޮއިންޓްއިން ގޭސް އެތެރެ ކުރުން ވަނީ ހުއްޓިފައި،" ފިންލެންޑްގެ ގޭސް ގްރިޑްއިން ބުނެފައިވެ އެވެ.
އިމަޓްރާއަކީ އެ ދެގައުމުގެ ދެމެދުގައި ގޭސް ފޮނުވާ ހޮޅި އެވެ.
ފިންލެންޑްގެ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ގޭސަމްއިން ވަނީ ގޭޒްޕްރޮމްއިން ގޭސް ފޮނުވުން ހުއްޓާލާނެކަން އަންގާފައިވާ ކަމަށް މީގެ ކުރިން ބުނެފަ އެވެ.
މި ފިޔަވަޅަކީ ރަޝިއާއާއި ޔޫރަޕްގެ ގައުމުތަކާ ދެމެދު ހަަކަތައިގެ މުއާމަލާތްތައް ކުރުމުގައި އުފެދިފައިވާ ނުތަނަވަސްކަމަށް އިތުރުވި ބޮޅެކެވެ.
ޔޫކްރެއިން މައްސަލައިގައި ރަޝިއާއަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ރަޝިއާއިން ވެސް ވަނީ އެގައުމުގެ ހަކަތައަށް ފައިސާ ދައްކަން ޖެހޭނީ ރަޝިއާ ރުބެލްސްއިން ކަމަށް ޔޫރަޕްގެ ގައުމުތަކަށް އަންގާފަ އެވެ. ނަމަވެސް ފިންލެންޑުން ވަނީ މިކަމަށް އެއްބަސްވާން ދެކޮޅު ހަދާފަ އެވެ.
ރަޝިއާއިން ފިންލެންޑްއަށް ގޭސް ފޮނުވުން ހުއްޓާލާފައި މިވަނީ ފިންލެންޑުން ނޭޓޯގެ މެމްބަރުކަން ހޯދަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. -- އަލް އަރަބިއްޔާ
މާލޭގެ މަގު ހެދުން ލަސްވަނީ ޗައިނާގެ ސަބަބުން: މުއްތޮލިބު
ދިގު އުމުރަކަށް ބޭނުންވަނީ "ފުރިހަމަ" ދިރިއުޅުމެއް ނޫން!
ރައީސް މުއިއްޒުގެ ދެކަނބަލުން ސްރީލަންކާއަށް ފުރާވަޑައިގެންފި