އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ "ބިގްބޮސް އޯޓީޓީ"ގެ ހޯސްޓްގެ ގޮތުގައި މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުޝަރު ކަރަން ޖޯހަރް ފެނިގެންނުދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ކަލާސް ޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގްބޮސް"އަކީ އިންޑިއާގެ އިތުރުން ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝޯއެކެވެ. އެންމެ ގިނަ ބަޔަކު އަބަދުވެސް އިންތިޒާރުކުރާ އެއް ޝޯއަކީ "ބިގްބޮސް" އެވެ.

މިދިޔަ އަހަރު ފުރަތަމަ ފަހަރަށް "ބިގްބޮސް އޯޓީޓީ" ގެނެސްދީފައވާއިރު އެޝޯއަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ. އެގޮތުން އެޝޯ ވަނީ ހުށަހަޅައިދީފައިވަނީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރެވެ.

"ބިގް ބޮސް އޯޓީޓީ" ފުރަތަމަ ސީޒަން ކާމިޔާބު ކުރީ ދިވްޔާ އަގަރްވާލް އެވެ.

https://www.instagram.com/p/CaOrVmsqDqt/?hl=en

އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ ވޫޓްއިން މިހާރު އަންނަނީ "ބިގްބޮސް އޯޓީޓީ"ގެ ދެ ވަނަ ސީޒަން ފެށުމަށް ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް މިފަހަރޔ ޝޯގައި ކަރަން ޖޯހަރު ފެނިގެންނުދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ ކަރަންގެ އަމިއްލަ ޝޯ ކަމަށްވާ "ކޮފީ ވިތް ކަރަން" ފެށުމަށް ހަމަޖެހިފައިވާތީ އެވެ.

https://www.instagram.com/p/CbRa4-1IFoz/?hl=en

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރުގެ ޝޯގެ ހޯސްޓްގެ ގޮތުގައި ފެނިގެންދާނީ ކަރަން ކުންދަރާ އާއި އޭނާގެ ލޯބިވެރިޔާ ތެޖާސްވީ ޕްރަކާޝް އެވެ. މި ދެ ފަންނާނުނަކީ "ބިގްބޮސް" ސީޒަން 15 އިން ފެނިގެން ގޮސްފައިވާ ދެ ބައިވެރިންނެވެ. އަދި އެސީޒަން ކާމިޔާބު ކުރީ ތެޖާސްވީ އެވެ.