ސަރުކާރުގެ އަމާޒަކީ ސިއްޙީ މަރުކަޒުތަކުގެ ބަޖެޓު އެ މަރުކަޒުތަކުން މެނޭޖުކޮށް ބަލަހައްޓާގޮތަށް ބަދަލުކުރެއްވުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ނ. ހޮޅުދޫގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ހޮޅުދޫގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންވަނީ މި ސަރުކާރުން ސިއްހީ ދާއިރާއަށް ގެންނެވި ހެޔޮބަދަލުތައް ފާހަގަކުރައްވާފަ އެވެ. އަދި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ބަޖެޓުގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ބޭނުންވާ މިންވަރަށް އިންސާނީ ވަޞީލަތް ހަމަޖެހިފައި ނެތުމާއި އަދި ސިއްހީ ދާއިރާގެ ތަރައްގީއަށް މުހިންމު ކަންކަން ހިމެނެ އެވެ.
މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސިއްޙީ މަރުކަޒުތަކުގެ ބަޖެޓު އެ މަރުކަޒުތަކުން މެނޭޖުކުރެވޭގޮތަށް ބަދަލުކުރެއްވުން ކަމަށެވެ. އަދި ސިއްހީ ދާއިރާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމާބެހޭގޮތުން ކަމާގުޅޭ ދާއިރާތަކާ މަޝްވަރާކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހުޅުމާލެ 3ވަނަ ފިޔަވަހިން ދިން ގޯތިތަކުގެ ގުރުލުން ހޮނިހިރުގައި
ދައުލަތުގެ މާލީ އެހީދޭ އުސޫލަށް މީޑިއާތަކުގެ މަޝްވަރާ ހޯދަނީ
ވެނެޒުއެލާއާ ދެކޮޅަށް އެޅި ފިޔަވަޅުން ތެލުގެ އަގު އުފުލިއްޖެ