ލަންޑަން (20 ޖޫން) - ޔޫރަޕްގައި ކުރިއަށްދާ ހަނގުރާމައިގެ މައިދާނަށް ނުކުންނަން ތައްޔާރުވުމަށް އިނގިރޭސި ސިފައިންނަށް އެ އަސްކަރިއްޔާގެ އާ ވެރިޔާ ޖެނެރަލް ސާ ޕެޓްރިކް ސޭންޑާސް އަންގައިފި އެވެ.

ޖެނެރަލް ޕެޓްރިކް މިހެން ވިދާޅުވެފައިވަނީ މަގާމާ ހަވާލުވުމަށްފަހު އަސްކަރިއްޔާގެ ސިފައިންނާ މުހާތަބުކޮށް ދެއްކެވި ފުރަތަމަ ވާހަކަފުޅުގަ އެވެ.

ޕެޓްރިކް ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގެ ފުރަތަމަ ސަފަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރަން އިނގިރޭސި ސިފައިން ތައްޔާރުވާން ޖެހޭ ކަމަށެވެ.

"ހަނގުރާމައިގެ ނުރައްކާ އަހަރުމެންނަށް (އިނގިރޭސި ވިލާތަށް) ވެސް އެބަ އޮތް. އެހެންވެ އަސްކަރިއްޔާއިން ތިބެން ޖެހޭނީ ތައްޔާރީ ހާލަތުގައި،" ޕެޓްރިކް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހަނގުރާމަ ފެށުނީއްސުރެ މުޅި ދުނިޔެއަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށާއި ރަޝިއާއާ ކުރިމަތިލެވޭވަރުގެ ގުޅިފައިވާ އަސްކަރިއްޔާއެއް ދުނިޔޭގެ އެހެން ގައުމުތަކުން ރުކުރުވާލަން ޖެހޭ ކަމަށެވެ.

ޕެޓްރިކްގެ ވާހަކަފުޅުގައި އޭނާ ވަނީ އޭނާގެ މައިގަނޑު މަގްސަދަކަށް ވާނީ އިނގިރޭސި އަސްކަރިއްޔާގެ ބާރު ވަރުގަދަކޮށް، ނޭޓޯގެ ވާގިވެރިންނާއެކު ގުޅިގެން މަސައްކަތް ކުރުން ކަމަށް ވިދާޅުވެފަ އެވެ.

ޔޫކްރެއިން ހަނގުރާމައިގައި ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިންއަށް އަސްކަރީ އެހީތަކެއް ފޯރުކޮށްދެމުން ދިޔަ ނަމަވެސް ސީދާ ހަނގުރާމައިގެ މައިދާނަށް ނުނުކުންނާނެ ކަމަށް ގިނަ ގައުމުތަކުން ވަނީ ބުނެފަ އެވެ. -- އަލް އަރަބިއްޔާ