އިއުތިރާފް ބަޔާނުގެ މައްޗަށް ކުށް ސާބިތުކުރާނަމަ ހިލާފް އުފެދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ސީދާ ކޮން މައްސަލައަކާއި ގުޅުވައިގެންކަމެއް ނޭނގެ އެވެ. ނަމަވެސް މި ދުވަސްވަރަކީ އެކި އެކި ޖިނާއީ މައްސަލަތައް ފެންމަތިވަމުންދާ ދުވަސްވަރެކެވެ. އެގޮތުން އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކާއި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ މާލޭގައި ވަރަށް އަނިޔާވެރިގޮތަކަށް މީހަކު މަރާލާފަ އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުހުމަޠް ކުރެވޭ މީހާގެ އިއުތިރާފް ބަޔާނުގެ މަށްޗަށް ކުށް ސާބިތު ކުރަނީނަމަ އަބަދުވެސް ހިލާފް އުފެދޭނެކަމަށެވެ. އަދި އަމަލުކުރަމުންދާ ގާނޫނަށް ގެންނަން އެދުނު އެންމެ ބޮޑު ބަދަލަކީ އިއުތިރާފް ބަޔާން ނުނަގާ، ހެއްކާއި ގަރީނާއިން ކުށް ސާބިތު ކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހާ ތަހުގީގުގައި ކުށަށް އިއުތިރާފުވާން ބޭނުންކަމަށް ބުނެފިނަމަ، އެމީހަކާއެކު އިއުތިރާފް އެއްބަސްވުމެއް ހެދުމުގެ އިހްތިޔާރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ލިބިގެންވެ އެވެ.
ޕީޖީ އޮފީހުން މީގެ ކުރިންވެސް ވަނީ އެކިކަހަލަ މައްސަލަތުގައި އިއުތިރާފް ބަޔާން ނަގާފަ އެވެ. އެބަޔާނާއި ގުޅިގެން ބައެއް ފަރާތްތަކާމެދުގައި ދައުވާކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.
ޑްރަގް މައްސަލައަކަށް މެންބަރު ހުސްނީ ނުފޫޒު ފޯރުވި ގޮތް!
ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދެ މިލިއަނާ ގާތަށް
އިމިގްރޭޝަން އެއްކޮށް ޑިޖިޓަލައިޒްވެ، އީ- ވިސާ ޖަހަން ފަށައިފި
