ބައެއް ފަހަރު ދަރިންނަށް ރަނގަޅަކަށް ކަމަށް ހީކޮށް މައިންބަފައިންނަށް ކުރެވޭ ކަންތަކަކީ އެންމެ ރަނގަޅު ކަންތަކަށް ނުވެދާނެ އެވެ. "އޯވަޕޭރެންޓިން" ނުވަތަ ދަރިން ތަރުބިއްޔަރު ކުރުމުގައި ހައްދުފަހަނަޅައި ދިއުމަކީ ބައެއް ހާލަތްތަކުގައި މައިންބަފައިންނަށް އިހުތިޔާރުން ބޭރުގައި ކުރެވޭ ކަމެކެވެ. މީގެ ނޭދެވޭ އަސަރު ދަރިން ބޮޑެތި ވަމުން އަންނައިރު ކުރެ އެވެ.

އެންމެ އާންމުކޮށް ދަރިން ތަރުބިއްޔަތު ކުރާއިރު ހައްދު ފަހަނަޅާ ކަމަށް ފާހަގަކުރެވޭ އެއްކަމަކީ "ހެލިކޮޕްޓާ ޕެރެންޓިން" އެވެ. މިއީ ސައުވީސް ގަޑިއިރު ދަރިން އުޅޭ ނޫޅޭ ގޮތް ބަލާ އެކުދިންނަށް އެއްވެސް ގެއްލުމެއް ވިޔަނުދީ ސަލާމަތްކޮށްދޭން ކުރެވޭ ކަމެކެވެ.

ދެން އޮތީ "ސްނޯޕްލޯ ޕޭރެންޓިން" އެވެ. މި ފަދަ މައިންބަފައިން ދަރިންނަށް ދިމާވާ ގޮންޖެހުންތައް އެކުދިން އަމިއްލައަށް ހައްލުކުރަން ދުލެއް ނުކުރާނެ އެވެ. މީގެ ސަބަބުން ދިރިއުޅުމުގައި އެ ކުއްޖާއަށް ކަންކަމާއި ހިތްވަރުލައިގެން ކުރިމަތިލުމަށް އުނދަގޫވެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވެ އެވެ.

މިއާއެކު ބައެއް ފަހަރު ދަރިން ތަރުބިއްޔަތު ކުރުމުގައި ފަރުވާވެސް ކުޑަ ކުރެވެ އެވެ. ގިނަ ދިރާސާތަކުން ދައްކާގޮތުގައި ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ބައިވެރިވުން ނެތްނަމަ އެ ކުއްޖާގެ އަހުލާގީ ފެންވަރު ދަށްވެ އެވެ. މީގެ ސަބަބެއް ކަމުގައި ބެލެވެނީ، މައިންބަފައިންގެ ބަދަލުގައި ރަހުމަތްތެރިންނަށް މި ކުދިން ބަރޯސާވާތީ އެވެ. މީގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ، އަޅުގަނޑުމެން މިކިޔާ "އޯވާ-ޕޭރެންޓިން"ގެ ސަބަބުންވެސް ދަރިންނަށް މި ފަދަ ހާލަތްތެއް މެދުވެރިވެދާނެ ކަމެވެ.

އެހެން ކަމުން ދަރިފުޅު ތަރުބިއްޔަތު ކުރާއިރު ލޯބި ދޭ މިންވަރާއި ހަރުކަށިވާ މިންވަރުވެސް މެދުމިނެއްގައި ބެހެއްޓުމަށް އިސްކަންދޭން ވާނެ އެވެ. އަމީގެ ސަބަބުން ކުދިން އަމިއްލައަށް އެކުދިންގެ ހުނަރުތައް ދެނެގަނެ، އެ ކުދިންގެ މިނިވަންކަން އެކްސްޕްލޯ ކޮށްލާ، ނާކާމިޔާބީ އާއި ވެސް ކުރިމަތިލާން ދަސްވެގެންދާނެ އެވެ.