ރާއްޖޭގެ ސިއްހީ ދާއިރާއަށް އެންމެ ބޮޑަށް އަޅާލީ މި ސަރުކާރުން ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަސީމް މިފަދައިން ވިދާޅުވީ، މިހާރު ކުރިއަށްދާ އެމްޑީޕީ ކޮންގްރެސްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް މިހާބޮޑަށް އަޅާލި ސަރުކާރެއް ނުދެކޭކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި އަމާޒަކީ އުމްރާނީ ވަސީލަތްތަކާއި އެއްހަމައަށް އިންސާނީ ވަސީލަތްތައް ގާއިމުކުރުން ކަމުގައި ނަސީމް ވިދާޅުވެފައިވެ އެވެ.
ހަމައެހެންމެ ސަރުކާރުން، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދޭ އެއްބާރުލުން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
"އުމްރާނީ ތަރައްގީއާ އެއްހަމައަށް އިންސާނީ ވަސީލަތާއި ހިދުމަތުގެ ފެންވަރު ގެނައުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒު. ސިއްހީ ދާއިރާއަށް މިގެނެވޭ އިންގިލާތީ ބަދަލުތަކުގައި ތިޔަ ބޭފުޅުން ދެއްވާ އެއްބާރުލުމުން ޝުކުރު ދަންނަވަން،" ނަސީމް ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މުޅި ދުނިޔެއިންވެސް އެންމެ ރަނގަޅަށް ކޮވިޑު ކޮންޓްރޯލް ކުރެވުނު މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަމަށެވެ. އަދި އެކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހިކުމަތުގެ ސަބަބުން ހޯދުނު ކާމިޔާބީއެއް ކަން ފާހަގަކުރައްވައި ނަސީމް ވަނީ އެމަނިކުފާނަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.
ކުޑަ ކުދިން ވެއްޔާ ކުޅުން ހުއްޓުވާނެ ކަމެއް ނެތް!
78 ވަނަ އެމީ އެވޯޑްސް: އެންމެ މޮޅު ތަރިންނާއި ޝޯތައް!
އަމީތާބު ބުނަނީ އަވަސް މުސްތަގުބަލެއްގައި ރިޓަޔާ ނުކުރާނެ ކަމަށް!
