ކުވައިތު- (8 ޑިސެމްބަރު) - ޝެއިޚް ސަބާހް އަލް ހާލިދު އަލް ސަބާހް ކުވޭތުގެ ބޮޑު ވަޒީރުކަމަށް ދެވަނަ ފަހަރަށް ކުވޭތުގެ އަމީރު ހަމަޖައްސަވައިފި އެވެ.

ޝެއިޚް ސަބާހް ވަނީ 2011 ވަނަ އަހަރުން ފެށިގެން ކުވޭތުގެ ފޮރިން މިނިސްޓަރު ކަމާއި އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރުކަން ކުރައްވާފަ އެވެ. 2019 ވަނަ އަހަރު ބޮޑުވަޒީރުކަމަށް ޝެއިޚް ސަބާހް ހަމަޖެހުނީ ކުރިން ބޮޑުވަޒީރުކަމުގައި ހުންނެވި ޖަބަރު އަލް މުބާރިކް އަލް ހަމަދު އަލް ސަބާހް އިސްތިއުފާދެއްވުމުންނެވެ.

ކުވޭތުގެ ނިއުސް އެޖެންސީ (ކޫނާ) އިން ބުނި ގޮތުގައި ބޮޑުވަޒީރުކަން ހަވާލުކުރައްވައި، ކުވޭތުގެ އަމީރު ވަނީ އާ ކެބިނެޓް އެކުލެއްވުމަށް އެންމެ އެކަށޭނެ މީހުން ހޮއްވަވައި، ފާސްކުރުމަށް ހުށަހެޅުމަށް އަންގަވާފަ އެވެ.

ހޮނިހިރު ދުވަހު ނެގުނު ވޯޓްގައި އިދިކޮޅުން ވަނީ ޕާލަމެންޓްގެ ކުރި ހޯއްދަވާފަ އެވެ. ސަރުކާރުގެ ކޮންމެ ކަމެއްގައި އެންމެ ފަހުބަސް ބުނުމުގެ ބާރު އޮންނަނީ އަމީރަށެވެ. ބޮޑުވަޒީރުގެ މަސައްކަތަކީ އާންމު ގޮތެއްގައި ސަރުކާރާއި، ޕާލަމެންޓްގެ ދެމެދުގައި ޖެހޭ މައްސަލަތަކަށް އެދެވޭ ހައްދުހޯދައިދިނުމުގެ މަސައްކަތްކުރުމެވެ.

މާހިރުން ލަފާކުރައްވާ ގޮތުގައި ކޮރޯނާ ވައިރަސްގެ ސަބަބުން އޯޕެކް މެމްބަރު ގައުމުތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމުގައި މަސައްކަތްކުރާ މިދަނޑިވަޅުގައި ކުވޭތުގެ ކެބިނެޓް އެކުލަވާލުމުގެ މަސައްކަތުގެ ސަބަބުން ދަތިތަކާއި ކުރިމަތިވާނެ އެވެ. -- އަލްޖަޒީރާ