އާ ޝަރުތެއް ކުރިމަތިކުރެއްވުމުން މިއަދު ވެސް ގާނޫނީ ވަކީލުންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލެއް ނުކުރެވުނު ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވެއްޖެ އެވެ.
ވަކީލު އާދަމް ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުން ދަނީ ތަކުރާރުކޮށް ހުރަސް އަޅަމުން ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދުގެ ވަކީލު ބައްދަލުވުން ދިނުމަށް ކުއްލިއަކަށް އާ ޝަރުޠެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކުރިމަތި ކުރި ކަމަށެވެ. އެކަމުގެ ސަބަބުން ރައީސް ޔާމީނާ ބައްދަލު ކުރެވޭ ގޮތެއް ނުވި ކަމަށް ވެސް އާދަމް ޝަމީމް ވިދާޅުވި އެވެ.
އާދަމް ޝަމީމް ވިދާޅުވިގޮތުގައި ރައީސް ޔާމީނާ ބައްދަލު ކުރުމަށް ލައްކަ ގިނަ ގޮންޖެހުން އެބަހުއްޓެވެ.
ރައީސް ޔާމީނާ ބައްދަލުނުކުރެވޭތީ ކްރިމިނަލް ކޯޓުގައި އޮތް އެމަނިކުފާނުގެ މައްސަލައަށް ތައްޔާރުވުމަށް ވަކީލުންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.
މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑަރިންގެ އިތުރު ދައުވާ އަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އުފުލާފަ އެވެ.
އަންނަ މަހުގެ 10 ގެ ކުރިން ފޮތްތައް ފޮނުވައި ނިންމަނީ
ޕީއެންސީގެ ޓިކެޓް ހޯދަން ޕްރައިމަރީގައި 308 މީހުން ވާދަކުރާނެ
ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކަން ތާއީދެއް ނޫން: ނަޝީދު

އަބަދު ވެރިކަމުގަ ތިބެވޭނެ ކަމަށް ހީނުކުރާތި ނަމަނަމަ..’