އައްޑޫ ސިޓީ ހިތަދޫން ޒުވާނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަނީ އުމުރުން 28 އަހަރުގެ އުބައިދުﷲ ހަސަން ނަމަށް ކިޔާ ޒުވާނެއް ކަމަށެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 8:00 ގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެންމެ ފަހުން ފެނުނުއިރު އޭނާ ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއް ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ހުޅުމާލެއިން ގެއްލިގެން ހޯދި ޒުވާނަކު މަރުވެފައި އޮއްވާ މިއަދު ވަނީ ފެނިފަ އެވެ.

ހ. ބޮނޑިކަނދޮޅުގޭ، މުޙައްމަދު އަޒުހާން، 27، ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. މިއަދު އޭނާ މަރުވެފައި އޮއްވައި ފެނުއިރު އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ. އަދި ނުބައި ވަސްވެސް އޭނާ އޮތް ސަރަހައްދުން ދުވަ އެވެ.

އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން މިހާރު ވަނީ ނިންމާފަ އެވެ.