ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި އެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އަށް ޒިޔާރަތްކުރި ބަތަލާ މި ފަހަރު ޗުއްޓީ ހޭދަކޮށްފައިވަނީ ފެއާމޮންޓް ސިއްރު ފެންފުށި ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް ޕަރިނީތީގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

މޫދަށް ލޯބިކުރާ ޕަރިނީތީ އަކީ ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓާސް (ޕަޑީ) އާއެކު ކަނޑުތައް ހިމާޔަތްކުރަން މަސައްކަތްކުރާ އިންޑިއާގެ "އެމްބެސަޑައިވާ" އެވެ.

ޕަރިނީތީ މިހާރު ވަނީ ޗުއްޓީ ނިންމާލުމަށްފަހު އެނބުރި އިންޑިއާ ގޮސްފަ އެވެ.

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ދެބޭންގެ ދެދަރި ބަތަލާގެ ކުރިއަށް ދެ އޮތް ދެ ފިލްމުގެ ތެރެއިން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނަން އޮތީ މި މަހުގެ 14 ގައި ރިލީޒްކުރާ ވަތަނީ އެކްޝަން ފިލްމު "ކޯޑް ނޭމް ތިރަންގާ" އެވެ.

ދެން ރިލީޒްވާން އޮތް އޭނަގެ އަނެއް ފިލްމަކީ އަންނަ މަހުގެ 11 ގައި ރިލީޒްކުރާ "އޫޗާއީ" އެވެ.