ލަންޑަން (15 އޮކްޓޯބަރު) - ހުޅަނގުގެ ގައުމުތައް އެކުލެވޭ އަސްކަރީ ޖަމާއަތް ކަމަށްވާ ނޭޓޯގެ ސިއްރު ނިއުކްލިއާ ހަރަކާތްތަކެއް އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދުގައި ހިންގަން ހަމަޖެހިއްޖެ އެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއިން ނިއުކްލިއާ އިންޒާރު ދީފައިވާ މި ދަނޑިވަޅުގައި ނޭޓޯއިން ހިންގާ މި ނިއުކްލިއާ ހަރަކާތަކީ އެޓޮމިކް ބޮންތައް ވެސް ބޭނުންކޮށްފާނެ ހަރަކާތެކެވެ.

މީގެ ކުރިން ނޭޓޯއިން ހިންގާ މިފަދަ ހަރަކާތްތައް އާއްމުކޮށް އިއުލާން ކުރި ނަމަވެސް މިފަހަރުގެ ހަރަކާތް ސިއްރިއްޔާތުގައި ގެންދަން ހަމަޖެއްސީ ރަޝިއާގެ ފަރާތުން އިތުރު އުނދަގޫތަކެއް ކުރިމަތިވެދާނެތީ ކަމަށް ބެލެވެ އެވެ.

މި ހަރަކާތުގައި ނޭޓޯގެ 14 ގައުމަކުން ބައިވެރިވާން ހަމަޖެހިފައިވާއިރު 60 އަށް ވުރެ ގިނަ ވައިގެ އުޅަނދު ބޭނުން ކުރާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

އޭގެ ތެރޭގައި ފައިޓަ ޖެޓުތަކާއި ބީ60 މޮޑެލްގެ ހަނގުރާމަ މަތީ މަތިންދާބޯޓުތައް ހިމެނެ އެވެ.

ނޭޓޯއަށް ވާގިވެރިވާ ގައުމުތަކުގެ ތެރެއިން ނިއުކްލިއާ ހަތިޔާރު ގެންގުޅެނީ އެންމެ ތިން ގައުމުންނެވެ. އެއީ އެމެރިކާ، އިނގިރޭސި ވިލާތް އަދި ފްރާންސެވެ.

އެހެން ނަމަވެސް ފްރާންސަކީ ނޭޓޯގެ ނިއުކްލިއާ އެއްބަސްވުމުގައި ސީދާ ގޮތުން ބައިވެރިވާ ގައުމެއް ނޫނެވެ. -- އަލް އަރަބިއްޔާ