އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑޭލް އިނގިރޭސި އަދަބިއްޔާތުގެ ދާއިރާއިން ޑިގްރީއަށް ކިޔެވުމަށް ނިންމައިފި އެވެ

މިހާރު އެމެރިކާއަށް ކުރާ ޓުއާގެ ތެރެއިން ފޭނުންނާ އެކީ ބޭއްވި ސުވާލާއި ޖަވާބު ސެޝަނެއްގައި ލަވަކިޔުންތެރިޔާ އެޑޭލް ބުނީ 2025 އަށް ކަނޑައަޅާފައި އޮތް އެންމެ ބޮޑު ލަނޑުދަނޑި އަކީ އިނގިރޭސި އަދަބިއްޔާތުގެ ދާއިރާއިން ޑިގްރީއެއް ހޯދުން ކަމަށެވެ. އެކަން ހާސިލު ކުރުމަށް އޮންލައިން ކޯހެއް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް އެޑޭލް ބުންޏެވެ.

އެޑެލް ކިޔަވަން ފަށަން ނިންމާފައި ވަނީ ފަށާފައި އޮތް ލަސް ވެގަސް ޓުއާ ނިންމައިލުމަށް ފަހު އެވެ.

އުމުރުން 34 އަހަރުގެ އެޑޭލް ބުނި ގޮތުގައި އޭނަ އަކީ އަބަދުވެސް އިނގިރޭސި އަދަބިއްޔާތަށް ވަރަށް ބޮޑު ޝައުވެރިކަމެއް ހުންނަ މީހެކެވެ. އަދި ގެނެސްދޭ ލަވަތަކުން ވެސް ކޮށްދެވޭ އެއް ހިދުމަތަކީ އަދަބިއްޔާތަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

"އަހަރެން ވަރަށް ބޭނުން އިނގިރޭސި އަދަބިއްޔާތުން ޑިގްރީއެއް ހޯދަން.ލަވަކިޔުންތެރިއަކަށް ނުވި ނަމަ އަހަރެން ވާނީ އިނގިރޭސި އަދަބިއްޔާތު ކިޔަވައިދޭ ޓީޗަރަކަށް،" އެޑޭލް ބުންޏެވެ.

މިހާތަނަށް 15 ގްރެމީ އެވޯޑްގެ އިތުރުން ވެސް މިއުޒިކީ ދާއިރާ އިން ދެވޭ އެތައް އެވޯޑެއް ހާސިލުކޮށްފައިވާ އެޑޭލްގެ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރު ނެރުނު "30" އެވެ. މިދިޔަ އަހަރު އޭނާ ވަނީ ލޯބިވެރިޔާ ރިޗް ޕޯލްއާ އެންގޭޖް ވެސް ވެފަ އެވެ.

ބްރިޓް ސްކޫލް އޮފް ޕަފޯމިން އާޓްސް އެންޑް ޓެކްނޮލީޖީން ކުރިން ގްރެޖްއޭޓްވެފައިވާ އެޑޭލްގެ ދަރިފުޅުގެ ބައްޕައަކީ ސައިމަން ކޮނެކީ އެވެ. އެ މީހުންގެ 2018 ގެ ކައިވެނި ރަސްމީކޮށް ރޫޅައިލީ މިދިޔަ އަހަރު އެވެ.