ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 11 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

މީގެތެރޭގައި ހިމެނެނީ މާލެ އިން ޕޮޒިޓިވްވި ހަތް މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި ތިން މީހުންގެ އިތުރުން މީހުން ދިރިއުޅޭ ރަށަކުން ޕޮޒިޓިވްވި މީހެކެވެ. އެ ނަތީޖާ އައީ 1،854 ސާމްޕަލް ޓެސްޓް ކުރުމުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،379 އަށް އަރާފަ އެވެ.

މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 12،731 އެވެ.

ރާއްޖޭގައި މިހާރު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 593 އެވެ. އޭގެ ތެރެއިން 62 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މި ބަލީގައި މިހާތަނަށް 48 މީހަކު ރާއްޖޭގައި މަރުވެފައި ވެ އެވެ.