މުޖްތަމައުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަގުވަޒަންކޮށް، ރަނގަޅު ދިރިއުޅުމެއް އުޅުމަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދޭން ކުރާ މަސައްކަތް ވަރުގަދަކުރަންޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ މުޖްތަމައުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަލާމާތާއި ތަފާތުކުރުމެއް ނެތް ރަގަޅު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ހޯދައިދެން ޖެހޭ ކަމަށެވެ. އަދި އެކަން ހާސިލު ކުރުމަށް ގަދައަޅާ މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަމުންދާއިރު ދިވެހި ސަރުކާރުން ދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާއާއި އާމްދަނީ ލިބޭނެ ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރަމުންނެވެ. އަދި މުޖްތަމައުގައި އެމީހުންނަށް ދަތިވާ ގޮތަށް ހުންނަ ކަންކަން ބަލައި އެކަންކަމަށް ލުއި ފަސޭހަ ގޮތްތައް ދަނީ ހަމަޖައްސަވައިދެމުންނެވެ.ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދަޢުލަތުން ދެމުން އަންނަނީ، މަހަކަށް 2000 ރުފިޔާގެ އިނާޔަތެކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެހީގެ ފައިސާ، 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަނީ އެއް މިންވަރެއްގައި ހިފަހައްޓައިގެންނެވެ.
ނަމަވެސް އަންނަ އަހަރުގެ ބަޖެޓުން މި ބަޔަށް ކުރެވޭ ހޭދަ %6 އިތުރުވާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
އިޖުތިމާއީ ދާއިރާއަށް 3.91 ބިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައަޅާފައިވާއިރު އޭގެތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސް ދިނުމަށް 341 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ޢަަހުރެންނަކީ އައި ޖީ އެމް އެޗް އިން ކުރި ކަންފަތުގެ އޮޕްރޭސަނަކާ ގުޅިގެން އެއްކަންފަތް ހަލާކުވެ އެއްކަންފަތައް އަޑު އިވުމުން މަހުރޫމުވެ ފަހުރި މީހެއް ޑޮކްޓަރ ހާއްސަ އެހީ ބޭނުންވާ މީހެއް ކަމައް ލިއުން ދެއްވީމަވެސް އެންސްޕާގަ ތިއްބެވި ބޭފުޅުން އެކަން ގަބޫލެއް ނުކުރެއްވި ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިމިގޮތައް އެތައް ބަޔަކުވާނީ އެންސްޕާގަ ތިއްބެވި ބޭފުޅުން ސަރުކާރުންވެދެއްވާ އެހީ އިންމަހުރޫމް ކޮއްފަ ޖެންޑަ މިނިސްޓްރީ ވިޔަސް ތިޔަ ނޫސްވިޔަސް އަދި ރައީސުލް ޖުމްހޫރިއްޔާ ވިޔަ