އައްޑޫ މީދޫ ދާއިރާގެ ރައްޔިތުން ތިބީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުއާ އެކީގައި ކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީދޫ ދާއިރާގެ ތަރައްގީއަށް ރައީސް ކޮށްދެއްވާ ކަންކަން ރައްޔިތުން ބަލައިގަންނަ ކަމަށެވެ. އަދި އެ ދާއިރާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމުން އެނގުނީ އެ ރަށުގެ ރައްޔިތުން ތިބީ ރައީސް ޞޯލިހާ އެކީގައި ކަމަށް ކަން އޭނާ ވިދާޅުވި އެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ، މިވަރުގެ ސަރުކާރެއް އަދި މިހާތަނަށް ނާންނަ ކަމަށް އެ ދާއިރާގެ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
ހަމައެހެންމެ ސަރުކާރުން މަރަދޫ ފޭދޫގައި ކުރިއަށް ގެންދާ ގިނަ މަސައްކަތްތައް ފާހަގަކުރައްވައި ރޮޒައިނާ ވަނީ ރައީސް ޞޯލިޙް ދެވަނަ ދައުރަކަށް ނުހޮވަންވީ ކީއްވެތޯ ވެސް ސުވާލު ކުރައްވައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ޕެންޝަން ފައިސާ ޖަމާ ނުކުރާތާ 6 މަސް
އިންތިހާބަށް ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރުނަގައިފި
ކެއުމުގައި ލޮނު ބޭނުން ކުރެވޭ މިންވަރަށް ސަމާލު ވާންޖެހޭ!
