އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ރަފީއު (ޔޫސޭ)ގެ "ދިރިއުޅުމަކީ މިއީބާ؟"އިން މަގުބޫލުކަން ހޯދި އެކްޓަރު އަބްދުﷲ އަލީ (އިބްރާހީމްބެ) މަރުވެއްޖެ އެވެ.

އުމުރުން 58 އަހަރުގައި އިބްރާހީމްބެ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު އެވެ. އިބްރާހިމްބެ ބަލިވެ ފަރުވާހޯދަމުންދާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ދިރިއުޅުމަކީ މިއީބާ ގައި ފެށުނީއްސުރެ ފެންނަ އަދި ބެލުންތެރިންގެ އެންމެ މަގުބޫލްކަމެއް ހޯދި އިބްރާހިމްބެ އަކީ މީހުންނާ ގުޅޭ ވަރަށް މަޖާ މިޒާޖެއްގެ މީހެކެވެ. ގިނަ ބަޔަކަށް އިބްރާހިމްބެ ކަމުދަނީ ދިރިއުޅުމަކީ މިއީބާގެ އިބްރާހިމްބެގެ ރުޅިގަދަ ކެރެކްޓާ އެވެ.

"ދިރިއުޅުމަކީ މިއީބާ؟" ގެ އިތުރުން އިބްރާހީމްބެ ވަނީ ބައެއް އިސްތިހާރުތައް ވެސް ކުޅެފައިވެ އެވެ.

"ދިރިއުޅުމަކީ މިއީބާ؟" އަކީ 1981 ވަނަ އަހަރު ޓީވީއެމް އިން ދައްކަން ފެށި ސީރީޒް އެކެވެ.