ރާއްޖޭގެ ދެ ރަށެއްގެ ގޮނޑުދޮށަށް ގޮތްނޭނގޭ ފަތްތަކެއް ލައްގައިފި އެވެ.

އެނގިފައިވާ ގޮތުގައި މި ފަތްތައް ލައްގާފައި ވަނީ ތ .ކަނޑޫދު އާއި އޮޅުވެލި ފުށީގެ ގޮނޑުދޮށަށެވެ.

ކަނޑޫދޫ ޕޭޖުން، ސޯޝަލް މީޑިއާގައި އެ ފަތްތަކުގެ ފޮޓޯތައް އާންމުކޮށްފައިވާއިރު، އެ ތަކެތި ހުރީ ކޮތަޅަށްލައި ބަންދުކޮށްފަ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ ރަށްތަކަށް ފަތްތައް ލައްގާފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް މިއަދު ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އެ އިދާރާއިން ބަލަމުން ގެންދާކަމަށް ފުލުހުން ބުނެފައިވެ އެވެ.

"މި ތަކެތި ތަހުލީލުކޮށް، ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުން،" ފުލުހުން ވިދާޅުވި އެވެ.

އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ސާފުކޮށްދީފައެއް ނުވެ އެވެ.