މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ އެއްވެސް ސިޔާސީ ބޭފުޅަކާއެކު ޑީލެއް ހައްދަވައިގެން އެއްވެސް ބޭފުޅެއްގެ އެޖެންޓެއްގެ ގޮތުގައި ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ޑރ. މުނައްވަރު މިއަދު ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމުގައި ވިދާޅުވީ މިހާރު މިފެންނަނީ އެކިއެކި ސިޔާސީ ބޭފުޅުން އެބޭފުޅުންގެ މަންފާ އަށް ޑީލްތައް ހައްދަވާތަން ކަމަށެވެ. އަދި މި ޑީލްތަކުގައި ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށާއި އެންމެ ބޮޑުކަމަކީ އެ ޑީލްތަކުގައި ރައްޔިތުން ނުހިމެނުން ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.
ޑރ. މުނައްވަރު ވިދާޅުވީ އެބޭފުޅައަށް ތާއިދުކުރުމަކީ އެދޭ ކަމެއް ކަމަށެވެ. އެކަމަކު ރައްޔިތުން ގުރުބާން ކޮށްފައި އެއްވެސް ސިޔާސީ ބޭފުޅަކާ ނުވަތަ ޕާޓީއަކާ ޑީލް ހަދާކަށް ނެތިން ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ. އަދި އިންތިހާބުގައި ވާދަ ކުރައްވަނީ އެއްވެސް ބޭފުޅެއްގެ އެޖެންޓެއްގެ ގޮތުގައި ނޫން ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
އިންތިހާބުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެޖެންޓެއްގެ ގޮތުގައި ކަމަށް ދެކެވޭ ވާހަކަތަކަށް ޑރ. މުނައްވަރު ވިދާޅުވީ އިންތިހާބުގައި ކުރިމަތިލަނީ އެއްވެސް ބޭފުޅެއްގެ އެޖެންޓެއްގެ ގޮތުގައި ނޫން ކަމަށެވެ. އަދި އެއްވެސް ސިޔާސީ ބޭފުޅެއްގެ އެދިވަޑައިގަތުމަކަށް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ތެރެއިން ރައީސް ނަޝީދު އައްޑޫއަށް ދަތުރު ކުރެއްވި އިރު އެއް ފްލައިޓެއްގައި ދަތުރުކުރި ކަމަށާ އެކަމަކު އެމަނިކުފަނުގެ ކެމްޕެއިނުގައި ބައިވެރި ނުވާ ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.
"އެމްޑީޕީ ޕްރައިމަރީ ތެރެއިން އަޅުގަނޑު ވެސް އައްޑޫއަށް ދިޔައިރު ޗެކިން ތެރެއިން އަޅުގަނޑަށް އެނގުނު ނަޝީދު ވެސް އެ ފްލައިޓުގައި ވަޑައިގަންނވާކަން. ދެން ނަޝީދުއާއި އަޅުގަނޑާ އޮންނަ ރަހުމަތްތެރިކަމަކުން ނަޝީދު އިންނެވި ގޮޑިއާއި ޖެހިގެން އަޅުގަނޑު އެމަނިކުފާނާއެކު ކުރީ ބަރީގައި ތިއްބެވި ބޭފުޅުންނާއެކު ފޮޓޯއެއް ނެގިން،" ޑރ. މުނައްވަރު ވިދާޅުވި އެވެ.
ޑރ. މުނައްވަރު ވިދާޅުވީ ރައީސް ނަޝީދަކީ ގާތް ރަހުމަތްތެރިއެއް ކަމަށާ އެހެންނަމަވެސް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ނަޝީދުއާ އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަަމަށެވެ. އެކަމަކު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަމުގެ އިޝާރާތެއް މިދިޔަ އަހަރު މެދުތެރެއިން ނަޝީދަށް ކުރެއްވި ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ. އަދި އޭގެ ފަހުން އިންތިހާބުގައި ކުރިމަތިލުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
ކޯޗެއްގެ ގޮތުގަ