ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމަށް މ. ބަނަފްސާވިލާ, އިބްރާހީމް ވަހީދު (މަދަނަ އިބުރޭ) މިއަދު އައްޔަންކުރައްވައިފި އެވެ.

އިބްރާހީމް ވަޙީދު މަޤާމަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އިބުރޭ އެ މަގާމަށް އައްޔަންކުރިއިރު ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝިފާޒް އެ މަގާމުން މިއަދު ވަނީ ވަކިކުރައްވައިފަ އެވެ.

އިބްރާހިމް ވަހީދަކީ، 2009 އިން 2012އަށް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. މިގޮތުން، މިނިސްޓަ އޮފް ސްޓޭޓް ފޮ ހެލްތް އެންޑް ފެމިލީގެ މަގާމާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަގާމު އިބްރާހީމް ވަހީދު ވަނީ ފުރުއްވާފަ އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމާއި، އެ ކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަގާމު ވެސް އޭނާ ފުރުއްވާފައިވެ އެވެ. މީ

ގެ އިތުރުން 2007 އިން 2018 އަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސެކްރެޓަރީގެ މަގާމު ވެސް އިބްރާހީމް ވަޙީދު ފުރުއްވާފައިވެ އެވެ.