ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްއާއެކު މޭރީ މަރާލުމުގައި ބައިވެރިވި މައްސަލާގައި ދައުލަތުން ދައުވާކުރި ހަލީމަތު ލަމްހާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރީ މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ބުނެ އެކަން ރިޕޯޓްކުރި ނަމަވެސް އޭނާ މަރާލާފައިވާކަން ހާމަވުމުންނެވެ.
އެ މައްސަލާގައި މާވިންގެ މައްޗަށް މީހަކު މެރުމުގެ ދައުވާ ކުރިއިރު, ލަމްހާއަށް ކުރީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި މާވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ވަނީ ނިންމައިފަ އެވެ. ލަމްހާގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ދެންމެ ނިންމި ނަމަވެސް އެ މީހުންނަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ މަހު އެވެ.
އެ މައްސަލާގައި ބަންދުގައި ހުއްޓާ މާވިން އިސްލާމްވެ އަދި އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވެ އެވެ.
އެ މައްސަލާގައި މާވިން އާއި ލަމްހާ އަދިވެސް ތިބީ ބަންދުގަ އެވެ.
އިސޫއާއި އިތުރު މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި
ނާކާމިޔާބީތަކާ ގުޅިގެން ސްޓާމާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް
"ދަނޑުވެރި ނަފާ" ލޯނު އިސްލާމީ އުސޫލަށް ބަދަލުކޮށްފި
