ރޯދައަށް ހުންނައިރު ބޮލުގައި ރިއްސުމަކީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ އުނދަގުލެކެވެ. މިކަން މިގޮތަށް ދިމާވާ ގިނަ ސަބަބުތަކެއް ހުރި އިރު އެއިން ގިނަ ކަންކަމަކީ ދިރިއުޅުމުގެ އާދަތައް ބަދަލު ކޮށްގެން ރަނގަޅު ކުރެވިދާނެ ކަންކަމެވެ،

ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވުން

ގިނަ ބަޔަކަށް ހީކުރެވިފައި އޮންނަނީ ހާރުދަމު ހަކުރުގެ ބާވަތްތައް ގިނަ ކުރުމުން ދުވާލު ގަޑީގައި ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދޭ ކަމަށެވެ. ނަމަވެސް އެއާ ޚިލާފަށް އެއްފަހަރާ މާ ގިނައިން ހަކުރު ބޭނުން ކުރުމުން މާ އަވަހަށް ބަނޑުހައިވެ ހަށިގަނޑުން ހަކަތަ ހުސްކޮށްލަ އެވެ. އެހެން ކަމުން ހާރުދަމު ގްލައިސެމިކް އިންޑެކްސް ދަށް ކާނާ ބޭނުން ކުރުން އެދެވިގެންވެ އެވެ.

ހަށިގަނޑުން ފެން މަދުވުން

ރޯދަމަހު ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަކީ އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް ބޭނުންވާ ވަރަށް ފެން ނުބޮވުމުގެ ނަތީޖާއަކަށް ވަނީ ބޮލުގައި ރިއްސުމާއި ބޯ އެނބުރުމާއި އަކުނިވަޔަށް ދެމުން ފަދަ ކަންކަން ކުރިމަތި ވުމެވެ. އެހެންކަމުން ރޯދަވީއްލުމަށްފަހު ކުޑަ ފެންފުޅިއެއް އތުޖެހޭ ހިސާބުގައި ބާއްވާ އިރުއިރުކޮޅުން ފެން ބޯށެވެ.

ކުއްލިއަކަށް ކެފެއިން މަދުވުން

ކެފެއިންއަކީ ލޭނާރުތައް ހިމަކޮށް ލޭދައުރުވާ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. ރޯދަމަހު ކެފެއިން ބޭނުން ކުރުން މަދު ވުމާއެކު ލޭނާރުތައް ހުޅުވި ސިކުނޑިއަށް ލޭ ފޮނުވައިދޭ މިންވަރު އިތުރުވެ އެވެ. ނަތީޖާއަކަށް ވަނީ މިކަމަށް ސިކުނޑި ހޭނެންދެން ބޮލުގައި ރިއްސުމެވެ. މިކަމުގެ ހައްލަކީ ރޯދަ މަސް ފެށުމުގެ ކުރިން ކެފެއިން މަދު ކުރަމުން ގޮސް ހަށިގަނޑު ހޭނުއްވުމެވެ.

ނިދި ހަމަނުވުންރޯދަމަހަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ވަރަށް ގިނައިން ހޭލާ އުޅޭ ދުވަސްވަރެކެވެ. ހާރު ކައިގެން ނޫނީ ނުނިދާ ބަޔަކު ވެސް އަހަރުމެންގެ ތެރޭގައި އުޅޭއިރު މިކަމަކީ ދުވާލު ރޯދައަށް ހުންނައިރު ބޮލުގައި ރިއްސުމަށް މަގުފަހި ކުރުވާ ކަމެކެވެ.