ރޭ މާލެއިން ފުރައިގެން ތ. ދިޔަމިގިއްޔަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވި ދޯނީގައި ތިބި ހަތަރު މީހުން ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފްއިން ބުނީ ހަތަރު ދިވެހިންނާއެކު ތ. ދިޔަމިގިއްޔަށް ދަތުރުކުރި "މާކުރީ 7" ދޯނި ތ. ވިލިފުށީގެ ހުޅަނގު އުތުރުން 6 މޭލު ބޭރުން ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:00 ޖަހާއިރު ކަމަށެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ މާކުރީ 7 ދޯންޏައް ކައިރިކޮށް އޭގައި ތިބި މީހުން މިހާރު ސަލާމަތް ކޮށްފައި ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
އެ ދޯނިން ސަލާމަތްކުރި ފަޅުވެރިން ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެ އެވެ.
ދިޔަވި ދޯނި ކަފު ޖަހައިގެން ދިޔަމިގިއްޔަށް ގެންދިއުމަށް ދަތުރު ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މިދިޔަ ހޮނިހިރު ދުވަހު ވަނީ ދެ ލޯންޗު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެފަ އެވެ.

އިންތިހާބާ ދިމާކޮށް އާރުޑީސީއަށް ގިނަ މުވައްޒަފުން ނަގަނީ
ނުވަ ކުރޫޒް ލައިނާއަކުން 15،000 ފަތުރުވެރިން އަތުވެއްޖެ
ސައިބަ އެޓޭކްތައް އިތުރުވަނީ: އެމެރިކާއަށް ބޮޑު ގޮންޖެހުމެއް!