އައްޑޫ ސިޓީ ފޭދޫ ޓްރެކަށް ގެނބުނު ހަ އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ކުއްޖާ އަކީ ފޭދު ޓްރެކް ސަރަހައްދުގައި އިން ރެސްޓޯރެންޓަކަށް އާއިލާއެކު ދިޔަ ކުޑަ ކުއްޖެއް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު ތެރޭގައި އޮތް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުނީ 5:50 ހާއިރު ކަމަށެވެ.
ފޭދޫން ވާހަކަދެއްކި މީހަކު ބުނީ އެ ކުއްޖާ މޫދުން ނަގައިގެން އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ފޭދޫ ސިއްހީ މަރުކަޒަށެވެ.
އޭނާ ބުނީ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ވެސް ފަރުވާދިން ކަމަށެވެ. އެ ކުއްޖާ މަރުވެފައިވަނީ އެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
މޮޓޯއެކްސް ސައިކަލެއް ހޯދަން ރަނުގެ ފުރުސަތެއް!
ގޭގައި ހިފާ ގެންގުޅޭ މި ތަކެތި ގަވާއިދުން ދޮންނަން ޖެހޭނެ!
އިދާރާތަކުގެ އިހުމާލުގެ އަޑު ގަދަވެއްޖެ، ވެރިން ކެމްޕޭނުގައި
